ދުނިޔެއިން އުވިގެން ގޮސްފައިވާ ކަމަށް ބެލެވިފައިވާ އޯޑިއޯ ކެސެޓް ޓޭޕްގެ ވިޔަފާރި އާލާވެއްޖެއެވެ. އިނގިރޭސިވިލާތުގެ ފޮނޮގްރެފިކް އިންޑަސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ކޮވިޑް19 ވަބާއާ ގުޅިގެން 2020 ގައި ކެސެޓް ޓޭޕްގެ ވިޔަފާރި ވަނީ އިތުރު ވެފައެވެ. އެގޮތުން 2003 ވަނަ އަހަރުގެ އަދަދުތަކާ އަޅާ ބަލާއިރު 94.7 އިންސައްތައަށް 2020ގައި ކެސެޓް ޓޭޕްގެ ވިޔަފާރި އިތުރު ވެފައި ވެއެވެ. އެއީ ގާތްގަނޑަކަށް ދޮޅު ލައްކައަށް ވުރެން ގިނަ ކެސެޓް ޓޭޕެވެ.

ބަރމިންހަމް ޔުނިވަރސިޓީން ތައްޔާރުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ، ކެސެޓް ޓޭޕްގައި ފަންނާނުން އެމީޙުންގެ މިއުޒިކް ނެރުމަށް ނިންމީ، ޓޭޕް އުފެއްދުމަށް ޚަރަދު ކުޑަވެފައި ޑިޖިޓަލް ކޮށް ޝައިއުކުރެވޭ މިއުޒިކް ފަސޭހައިން ކޮޕީ ކުރެވުނަށް ޓޭޕްގައި ހުންނަ މިއުޒިކް ކޮޕީ ކުރަން ފަސޭހަ ނުވާތީއެވެ.

ގުޅުން ހުރި މައުލޫމާތު: އިހު ޒަމާނު މީހުން ގެންގުޅު ކެސެޓް ޓޭޕް އުފެއްދި މީހާ

ކެސެޓް ޓޭޕްގައި މިއުޒިކް ރިލީޒް ކުރިކަމަށް ނަން ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ލޭޑީ ގާގާއާއި ޑުއާ ލިޕާ ހިމެނެއެވެ.

ފަންނާނުން ބުނާ ގޮތުގައި ކެސެޓް ޓޭޕްގައި މިއުޒިކް ރިލީޒް ކުރުމުން ކުރަން ޖެހޭ ހޭދަ ކުޑަވުމުން އެމީހުންނަށް ފައިދާވާ މިންވަރު ބޮޑު ކަމަށެވެ.ކެސެޓް ޓޭޕް ވިކޭ އަދަދު އިތުރު ވެއްޖެ