ހައިވޭ ރޭޕްގައި ދެމީހަކު ކުށްވެރިކޮށް މަރުގެ ނިޔާ އިއްވައިފިއެވެ. ޕާކިސްތާންގެ ޕަންޖާބްގައި ސެޕްޓެމްބަރު މަހު ހިނގި ރޭޕް ކޭސްގައި މި ދެމީހުން ވަނީ އަންހެން މީހާގެ ކާރު ހައިވޭގައި ހުއްޓިފައި އޮތްވައި އޭނާގެ ދެ ކުދިންގެ ކުރިމަތީގައި އޭނާ ރޭޕްކޮށްފައެވެ.

މި މައްސަލާގައި ޕާކިސްތާންގައި ހޫނުވި މުޒާހަރާތަކާ ގުޅިގެން ގާނޫނަށްވެސް ބަދަލުތަކެއް ވަނީ ގެނަސްފައެވެ.

ގުޅުން ހުރި މައުޟޫއު: ލާހޯރު ފުލުހުންގެ ވެރިޔާއަށް ރޭޕްކުރުމަކީ މާބޮޑު ކަމަކަށް ނުވި

އާބިދު މަލްހީއާއި ޝަފާގަތު ހުސައިންއަށް ޙުކުމް ކޮށްފައިވަނީ، ގޭންގް ރޭޕާއި މަގުފޭރުމާއި މީހަކު ވަގަށް ނެގުމާއި ޓެރަރިޒަމްގެ ކުށުގައެވެ.

ޕާކިސްތާންގައި ރޭޕް ކޭސްތަކުގެ ތެރޭން ޙުކުމަކާ ހަމައަށް ދަނީ އެންމެ ތިން ޕަސެންޓެއްހާ މައްސަލައެވެ.

އަލަށް ގާނޫނަށް ގެނައި ބަދަލާއެކު ޕާކިސްތާނުން ވަނީ ރޭޕް ގެ މައްސަލަތައް ކޯޓުތަކުގައި އަވަސް ކުރުމަށާއި ރޭޕް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައެވެ.

މިމީހުންނަށް މަރުގެ ނިޔާއާއެކު އުމުރަށް ޖަލަށްލުމަށާއި އެމީހުންގެ މުދަލާއި މިލްކިއްޔާތު ދައުލަތަށް ނެގުމަށްވެސް ޙުކުމް ކޮށްފައި ވެއެވެ.