ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު އާންމުން އުފައްދާ ސުވާލަކީ ސާޖިކަލް މާސްކު ނުވަތަ ފޮތި މާސްކު އަޅައިގެން ކުރޯނާ ވައިރަހުން ސަލާމަތް ވޭތޯއެވެ؟ މި ވާހަކަ ފެތުރެން ފެށުމުން ސިއްޙީ ބައެއް މާހިރުން "ޑަބަލް" މާސްކު އެޅުމަށް އިރުޝާދު ދެއެވެ. ނަމަވެސް މިއީ ވަރަށް މަދުބައެއްގެ ޚިޔާލެވެ.

ކްރޯނާ ވައިރަސް އިން ރައްކާތެރިކަން ހޯދުމަށް އާންމުކޮށް މި ބޭނުންކުރަނީ ފޮތި މާސްކާއި، ސާޖިކަލް މާސްކާއި "އެން 9 ފައިވް" މާސްކެވެ. އެހެން ކަމުން މިހާރު ސުވާލު މި އުފައްދަންފެށީ ސާޖިކަލް މާސްކާއި ފޮތި މާސްކު އެޅުމުން ވައިރަހުން ސަލާމަތް ކޮށްދޭ ހެއްޔެވެ؟

މިގޮތަށް މި ވާހަކަ ދެކެވެން ފެށީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި، ނައިބުރައީސް ކަމަލަ ހެރިސް، ޓްރާންސްޕޯޓޭޝަން ސެކެރެޓެރީ ޕެޓި ބައްޓި ގެގް އަދި އޭނާގެ ފިރިމީހާ ޗެސްޓަން ބައްޓިގެގް މިގޮތަށް ޑަބަލް މާސްކު އަޅާފައިވާތަން މީޑިއާތަކުން ފެނުމުންނެވެ.

އެމެރިކާގެ އިންފެކްޝަން ޑިސީސް ސްޕެޝަލިސްޓް އަދި ރައީސް ބައިޑެންގެ ޗީފް އެޑްވައިޒަރ ޑޮކްޓަރ އެންތަނީ ފުސީ ހާމަކަރާ ގޮތުގައި މިގޮތަށް ޑަބަލް މާސްކު އެޅުމަކީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެކެވެ. އެއީ 2 މާސްކު އެޅުމުން އަނގަމައްޗާއި ނޭފަތް އިތުރަށް ރައްކާތެރި ކުރެވޭނެ ކަމަކަށް ވާތީއެވެ. ނަމަވެސް މިއީ އަދި އެމެރިކާގައިވެސް، ދުނިޔޭގެ އެހެން ގައުމެއްގައިވެސް ރަސްމީކޮށް އިއުލާނުކޮށްފައިވާ ކަމެއް ނޫނެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޑަބަލް މާސްކު އެޅުމަކީ ބޭނުން ކަމެއްނޫނެވެ. އެއް މާސްކު އެޅުމުންވެސް ފުދޭނެއެވެ.

އިންޑިޔާގެ ޑޮކްޓަރެއް ކަމަށްވާ ކުމާރު ލިޔުއްވާފައިވާ ގޮތުގައި މަތިމައްޗަށް މާސްކު އެޅުމުން ކްރޯނާ ވައިރަސްއިން ސަލާމަތް ވާނެ ކަމަށް ބުނެވޭނެ އެއްވެސް ހެއްކެއް ނެތެވެ. އެއީ މިހާތަނަށް އެފަދަ ދިރާސާ އެއްކޮށް ނަތީޖާ ލިބިފައެއް ނުވެއެވެ.

މަތި މަތިން މާސްކު އެޅުމަކީ މުހިއްމު ކަމެއް ކަމުގައި ނުވިޔަސް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު " އެން- 9 ފައިވް" މާސްކު އެޅުމަށް ސިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ. ނަމަވެސް މިއީ އަގު ބޮޑު މާސްކެކެވެ. އެހެންކަމުން ބައިބޯ ތަންތަނަށް ކޮންމެހެން ދާން ޖެހިއްޖެނަމަ މާސްކު އަޅައިގެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ރަނގަޅު ވާނެއެވެ. އަދި ސިއްޙީ މާހިރުން ލަފާ ދެއްވާ ގޮތަށް ގެއަށް ވަނުމާއެކު އަވަހަށް ސެނެޓައިޒާއިން އަތް ސާފު ކުރުމަށް ފަހު ބޭރަށް ދިޔަ ހެދުން ބަދަލުކޮށް ރަނގަޅަށް ފެންވަރާލުމަކީ އެންމެ ރައްކާތެރި ގޮތެވެ.