ކަރީނާ ކަޕޫރު އޭނާގެ ދެވަނަ ދަރިފުޅު ވިހައިގެން އެއް މަސް ވީއިރަށް އެނބުރި މަސައްކަތަށް ނުކުމެއްޖެއެވެ. އޭނާ ވަނީ މަޝްހޫރު ފަންނާނުންނާއެކު ހޯމަ ދުވަހު މުންބާއީގެ ބޭންޑްރާ ސްޓޫޑިއޯގައި އޭނާ ނަގާފައިވާ ފޮޓޯ އެއް ހިއްސާ ކޮށްފައެވެ.

މި ފޮޓޯގައި ކަރީނާ އާއެކު އާ ޑިޒައިންތައް އިޝްތިހާރު ކުރާ (މޮޑެލް ކުރާ) ފަންނާނެއް ކަމަށްވާ ތަންޔާ ގޯރީ އާއި، ޔޯގާ އިންސްޓްރަކްޓަރ އަނުޝްކާ ޕަރުވާނީ އަދި ޝިވާނީ މަދަވަލް ސަތަޔާނީ ފެނިގެން ދެއެވެ. ކަރީނާ މި ފޮޓޯ ނަގާފައިވަނީ ކުރިއަށް އޮތް އޭނާގެ ޝޯއެއް ކަމަށްވާ "ޓައިޓަލްޑް ސްޓަރ ވާސަސް ފޫޑް" މި ޝޯގެ ޝޫޓިންގެ ތެރެއިންނެވެ. މި އީ މަޝްހޫރު ފަންނާނުންނާ އެކު ހުށަހަޅައިދޭ ކައްކާ ޝޯ އެކެވެ. މި ޝޯގައި ދައްކަނީ މަޝްހޫރު ފަންނާނުން އެމީހުންގެ ލޯބިވާ މީހުންނަށް ކައްކައިދޭތަނެވެ. އަދި މިޝޯ ކުރިއަށް ދާނީ މާސްޓަރ ޝެފުންގެ ބެލުމުގެ ދަށުންނެވެ.

ވިހެއުމަށްފަހު ކަރީނާ އެހާ އަވަހަށް މަސައްކަތަށް ނުކުތުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. އެއީ އޭނާގެ ފުރަތަމަ ދަރިފުޅު ތައިމޫރު ވިހައިގެން މަހެއް ވީއިރަށް ފިލްމު ކުޅުމުގެ މަސައްކަތްތައް އޭނާ ފެށި އެވެ. އޭރު ނުނިމި އޮތް ފިލްމު "ވީރުދަ ވެޑިން" ގެ މަސައްކަތް ފެށިއިރު ފުރަތަމަ ދަރިފުޅު ލިބިގެން ކިރިޔާ ހަމަ މަހެއް ވީއެވެ. އަދި ވިހައިގެން 40 ދުވަސް ވީއިރަށް އިޝްތިހާރުތައްވެސް ކުޅެން ފެށިއެވެ.