ހުޅަނގުގެ ސިޔާސީ ވިސްނުން ކުރިއަށް ގެންދިއުމަށް އެހީވާ، ޑޮލަރަށް ޗައިނާއާއި ރަޝިޔާއިން ބަރޯސާވުން ކުޑަ ކުރަން ވެއްޖެކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރޖީ ލަވްރޯވް ވިދާޅުވެއްޖެއެވެ. ލާވްރޯވް ވަނީ ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފަށްޓަވާފައެވެ.

ދެ ދުވަހުގެ ދަތުރުފުޅުގައި ލާވްރޯވް ބެއިޖިންގގައި މަޝްވަރާތައް ބާއްވަވާއިރު ޗައިނާއާއި ރަޝިޔާގެ ގުޅުން އެމެރިކާއާއެކު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

އެލަސްކާގައި އެމެރިކާއާއި ޗައިނާއިން ބާއްވާފައިވާ މަޝްވަރާތައް އަދި ކިރިޔާ ނިމުމަކަށް އައިއެވެ. އެމެރިކާއިން ބުނެފައި ވަނީ ދެ ގައުމުން އެއްބައި ވާން ޖެހޭ ކަންތައްތަކެއްވެސް ހުރިކަމަށެވެ. ނަމަވެސް ޗައިނާއަށް ފިއްތަން ޖެހޭހިނދު އެމެރިކާއިން ފިއްތާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން، ރަޝިޔާގެ ރައީސް ސިފަ ކުރައްވާފައި ވަނީ ގާތިލެއްގެ ގޮތުގައެވެ. ރަޝިއާއިން ވަނީ އެމެރިކާއަށް މަލާމާތް ކުރަމުން މަޝްވަރާއަށް ގޮވާލާފައެވެ.

ލާވްރޯވް ވިދާޅުވި ގޮތުގައި އޭނާގެ ބެއިޖިންގ ގެ ދަތުރުފުޅަކީ، ދެގައުމުގެ ސިޔާސީ ފިކުރު ކުރިއަށް ގެންދިއުމަށް އެމެރިކާއާއި ހުޅަނގުން ކުރާ މަސައްކަތާ ދެކޮޅަށް މަޝްވަރާއަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާއިން ހުޅަނގަށް ކުރާ ބަރޯސާ ކުރުން ހުއްޓާލުމަށާއި އަމިއްލަ ފައިސާއިން މުއާމަލާތު ކުރުމަށް ޕޭމެންޓް ގޭޓްވޭތައް ހަދައި ޑޮލަރަށްކުރާ ބަރޯސާ ކުޑަ ކުރަން ވީއެވެ.