އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓްގެ ވެރިރަށް ބޯލްޑާގެ ފިހާރައަކަށް ވަދެ މީހަކު ބަޑި ޖަހައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިހަމަލާ ގައި ހަ މީހަކު މަރުވިއެވެ. ފުލުހުން ބުނިގޮތުގައި ބަޑި ޖެހި މީހާ ވަނީ ޒަޚަމްވެފައިވާ ހާލު ހައްޔަރުކޮށްފައެވެ. އަދި އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.

މި ހަމަލާ ދީފައިވާ މީހާއަކު އިތުރު މީހަކު އުޅުކަމަކަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކޮލޮރާޑޯއަކީ މީގެ ކުރިންވެސް އެމެރިކާ ސިއްސުވާލި ބަޑި ޖެހުމުގެ ދެ ހާދިސާ ހިނގާފައިވާ ތަނެކެވެ.

1999ގައި ދެ ކުއްޖަކު ވަނީ ސުލޫލަށް ބަޑި ގެންގޮސްގެން ޓީޗަރަކާއި 12 ކުދިން މަރާލާފައެވެ.

2012 ގައި ބެޓްމޭން ފިލްމު ބަލަން ވަދެފައި ތިބި ބަޔަކަށް ގަދައަށް ހަތިޔާރު އަޅައިގެން ހުރި މީހަކު ވަދެ 12 މީހުން މަރާލާފައި ވެއެވެ.