މެލޭޝިއާއިން އިންޑިއާގެ ހައިކޮމިޝަނަރ އާއެކު ވެކްސިން ގަތުމަށް މަޝްވަރާތައް ބާއްވައިފިއެވެ. މެލޭޝިއާއިން ހުށަހަޅާފައި ވަނީ އިންޑިއާގެ ސެރަމް އިންސްޓިއުޓުން އުފައްދާފައިވާ ނޯވާވެކްސް ވެކްސިން ގަތުމަށެވެ.

މެލޭޝިއާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވިގޮތުގައި އިންޑިއާއިން ބޭނުން ވަނީ ބާރަތު ބައޯޓެކްގެ ވެކްސިން މެލޭޝިއާއަށް ވިއްކާށެވެ. މެލޭޝިއާއިން ބުނާ ގޮތުގައި މި ވެކްސިންގެ ތިންވަނަ ފިޔަވަހީގެ ޑޭޓާ އަދ އާންމުކޮށް ހިއްސާކޮށްފައެއް ނުވެއެވެ. އެހެންވެ، މެލޭޝިއާއިން ބޭނުން ވަނީ ވޯވާވެކްސިން އެވެ.

މެލޭޝިއާއިން ފައިޒަރ އިން ގަތް ބައެއް ވެކްސިންވެސް ވަނީ ހަލާކުވެފައިވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ.

އެމެރިކާގެ މެރިލެންދްގެ ނޯވާވެކްސްއިން އުފައްދާފައިވާ މި ވެކްސިންއަކީވެސް ދެ ޑޯޒް ދޭން ޖެހޭ ވެކްސިންއެކެވެ. ނަމަވެސް ސައުތު އެފްރކާ ވޭރިއެންޓަށް މި ވެކްސިން އެކަށީގެން ނުވާކަމަށް ތަހުލީލުތަކުން ދައްކައެވެ.

މެލޭޝިއާއަކީ މަތިން އާމްދަނީ ލިބޭ ގައުމެއް ކަމުން އެއްވެސް ފަރާތަކުން މެލޭޝިއާއަށް ހިލޭ ވެކްސިން ދީފައެއް ނުވެއެވެ.