ޗައިނާއިން ވަނީ ހެދުން އުފައްދާ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. އިންޓަރނޭޝަނަލް ބްރޭންޑްތަކުން ވަނީ ޝިންޖިއާން ގައި ޗައިނާއިން ހިންގަމުމން ގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްފައެވެ. އެމެރިކާއިން މިދިޔަ އަހަރު ނިންމާފައި ވަނީ ޝިންޖިއާން ގައި އުފައްދާ ކަފަ ނުގަތުމަށެވެ. އަދި އެމެރިކާއާއި ބޮޑެތި ގައުމުތަކުގެ ފިއްތުން ތަކާ ހެދި ހެދުން އުފައްދާ ބޮޑެތި ބްރޭންޑްތަކުން ވަނީ މި ނިންމުމަށް ތާއިދުކޮށް ބަޔާނެއް ނެރެފައެވެ.
ޗައިނާގެ ސަރުކާރުގެ ނޫސް ކަމަށްވާ ގްލޯބަލް ޓައިމްސް އިން އިއްޔެ ޝާއިއުކޮށްފައިވާ އެންޓި ކެމްޕޭން ރިޕޯޓއްގައި ވަނީ އެޑިޑާސްއާއި ބަރބަރީއާއި ނައިކީ އަދި އެޗްއެންޑް އެޗްއާއި ނިއު ބެލެންސާ ދެކޮލަށް ލިޔެފައެވެ.
ޗައިނާގެ ބައި ބޯ މާކެޓްގެ ހިއްސާ ބޮޑެތި ބްރޭންޑްތަކުން ބެނުން ވެއެވެ. މި ބޭނުމުގައި މި ކުންފުނިތަކުން އަބަދުވެސް ވަނީ ޗައިނާ ރުހޭ ސިޔާސަތެއް ގެންގުޅެފައެވެ.
ޔޫރަޕްގެ އިއްތިހާދުގެ 27 ގައުމާއި އެމެރިކާއާއި ކެނެޑާއާއި އިނގިރެސި ވިލާތުން ވަނީ ޗައިނާގެ ހަތަރު މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައެވެ. ޗައިނާއިން ވެސް ރައްދު ގައި ބުނެފައި ވަނީ ޔޫރަޕްގެ ޕާލަމެންޓްގައި ޝިންޖިއާންގެ މައްސަލަ ނަގައިގެން ޗައިނާއަށް ފާޑު ކިޔާފައިވާ ބައެއް މެންބަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގެ ތެރޭގަގއި މެކާއޯއާއި ހޮންގ ކޮންގއަށް އެމެންބަރުން ވަނުން މަނާ ކުރުން ހިމެނެއެވެ.
އދއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާއިން ވަނީ މިލިއަނެއްހާ މުސްލިމުން ޖަލުތަކުގައި ބަންދުކޮށްފައެވެ. އަދި މިމީހުން ލައްވާ ގަދަ ކަމުން މަސައްކަތް ކުރުވާ ކަމާއި އަންހެނުންގެ އިއްފަތް، މިތަންތާނގައި ފޭރޭ ކަމާއި އަދި އަންހެނުން ދަރިމަރި ވިޔަނުދިނުމަށް ފަރުވާ ދޭކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.
ޗައިނާއިން ވަނީ މިވާހަކަ ދޮގުކޮށް މިކަމަށް ރައްދު ދީފައެވެ.