އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ދެކުނު ކޮރެއާގެ ދިފާއި ވަޒީރު ވަޑައިގެންފިއެވެ. އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގއާއެކު ރަސްމީ މަޝްވަރާތައް ބޭއްވެވުމުގެ އިތުރުން، އިންޑިއާ ސިފައިންގެ ބައެއް ކުޅަދާނަ ހުނަރު ދެއްކުން ހިމެނެއެވެ.

ސޫ ވޫކްގެ ދަތުރުފުޅުގައި، އާގަރާއަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި އިންޑިއާގެ މުޅި ބެޓޭލިއަންއެއް ވައިކުޑައިން ފުންމައި ކުލަދާނަ ކަން ދައްކާނެއެވެ. ދިފާއީ ވަޒީރެއްގެ ދަތުރުފުޅެއްގައި މިފަދަ ހަރަކާތްތައް ދައްކާލުމަކީ ނާދިރު ކަމެކެވެ.

މި ފަހަކަށް އައިސް އިންޑިއާއާއި ދެކުނު ކޮރެއާ ދެމެދު ވަނީ ދިފާއީ ގުޅުން ވަރުގަދަ ވަރުދަގަ ވަމުން ގޮސްފައެވެ.

ވަޒީރު ސޫ ވޫކްގެ މިދަތުރުފުޅުގައި ތާޖްމަހަލްއަށް ޒިޔާރަތް ކުރެއްވުންވެސް ހަމަޖެހިފައި ވެއެވެ.

އިންޑިއާއާއި އަސްކަރީ ގޮތުން ދެކުނު ކޮރެއާ ގާތް ވިނަމަވެސް ޗައިނާއަކީ ސޯލްގެ އެންމެ ގާތް ވިޔަފާރި ބައިވެރިއާއެވެ. އަދި ދިފާއީ ރޮނގުން އެންމެ ގާތް ބައިވެރިއަކީ އެމެރިކާއެވެ.

އިންޑިއާއަކީ، އެހެން ޑިމޮކްރެސީތައް ކަމަށްވާ އެމެރިކާއާއި ޖަޕާނާއި އޮސްތްރޭލިއާއާއެކު ނިޒާމުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ ނިޒާމަކަށް މަސައްކަތް ކުރާ ގައުމެކެވެ. ކޮރެއާއަކީވެސް ބައިނަލްއަގްވާމީ ނިޒާމު ދެމެހެއްޓުމާއި މިނިވަންކަމަށް މަސައްކަތް ކުރާ ޑިމޮކްރެސީއެކެވެ.