އެމެރިކާއިން އިންޑިއާއާއެކު ހޯމްލޭންޑް ސެކިއުރިޓީ ޑައެލޮގް ބޭއްވުމަށް ނިންމައިފިއެވެ. އިންޑިއާއާއެކު ދާޚިލީ ސަލާމަތާ ބެހޭ މަޝްވަރާތައް ބާއްވަމުން އައިސް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މިމަޝްވަރާތައް ހުއްޓުވާ ލައްވާފައެވެ.

އެމެރިކާގެ ހޯމްލޭންދް ސެކިއުރިޓީ ސެކެޓްރީ އަލްހާންދަރޯ މަޔޯރްކާސް ވަނީ އިންޑިއާއިން ވޮޝިންޓަނަށް ކަނޑައަޅުއްވާފައިވާ ސަފީރު ތަރަންޖީތު ސިންގ ސާދޫއާ ބައްދަލު ކުރައްވައި މި މަޝްވަރާތައް އަލުން ބޭއްވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އިންޑިއާއާއެކު ހޯމް ލޭންޑް ސެކިއުރިޓީ އެމެރިކާއިން އެންމެ ފުރަތަމަ ފަށާފައި ވަނީ ބަރާކް އޮބާމާގެ ވެރިކަމުގައެވެ. އެއިރު އިންޑިއާގެ ފަރާތުން މަޝްވަރާތަކުގައި އުޅުއްވީ ޕީ ޗިޑަމްބަރަމްއެވެ.

އިންޑިއާއާއި އެމެރިކާއަކީ، ޗައިނާ ދެކޮޅަށް މަސައްކަތް ކުރާ ދިފާއީ އެލައެންސް، ކުއޯޑްގެ މެންބަރެކެވެ.