މިސްރުގައި މާހުޅުނބު ލަނޑާ ހިމާޔަތް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިސްރުގައި މަދުވަމުންދާ ބާވަތެއްކަމަށް ބަލައި ސަރުކާރުން ވަނީ މާހުޅުނބު ލަނޑާގެ މަސްވެރިކަން ނުކުރުމަށް ގަވާއިދުތައް ހަދާފައެވެ.

އެހެން ނަމަވެސް ފަތުވެރިކަން އާލާވަމުން ދިއުމާއެކު ފަތުރުވެރިންނަށް ބޮޑު އަގުގައި ވިއްކޭ ޑިޝްއެއް ކަމުން މާހުޅުބު ކަނޑާ ނެގުން ވަނީ އާއްނު ކަމަކަށް ވެފައެވެ.

މިސްރުގައި މާހުޅުނބު ލަނޑާ ކޮންޓްރޯލް ކުރުމަށް ގަވާއިދު ހެދުމަށް މެންބަރުން މަސައްކަތް ފެށީ، މިފަހުން ގިނަ އަދަދެއްގެ މާހުޅުބު ކަނޑާތަކެއް ގާހިރާގެ ރެސްޓޯރެންޓަކުން ފެނިގެންނެވެ.

މާހުޅުނބު ލަނޑާއަކީ، 50 އަހަރަށް ދިރިއުޅޭ ވައްތަރުގެ މަހެކެވެ.

ޝަރަމުއްޝެއިޚް އޭރިއާއާއި ޝެއިޚު ޒުވެއިދު ސަރަހައްދުގައި މާހުޅުނބު ލަނޑާ އުޅެއެވެ. ނަމަވެސް އަހަރަކުން އަހަރަކަށް އޭގެ އާބާދީ ދަނީ މަދުވަމުން ގޮސްފައެވެ.