ޗައިނާގެ އެމްބެސެޑަރުގެ ބަސްމަގަށް ފަރަންސޭސިވިލާތުން އިހުތިޖާޖު ކޮށްފިއެވެ. ޕެރިހުން ބުނާ ގޮތުގައި ޗައިނާގެ އެމްބެސެޑަރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އިންޒާރުދީ، އެމީޙުންނަށް ބިރު ދެއްކުމުގެ ބަސްތައް ބޭނުންކޮށްފައވެ.

ފަރަންސޭސި ޚާރިޖީ ވަޒިރު ވެސް ވަނީ ޗައިނާ އެމެބެސެޑަރު ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރިސާޗް ކުރާ މީހުންނަށް އިންޒާރު ދެއްވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.

ޗައިނާގެ ގްލޯބަލްޓައިމްސްއިން ބުނާ ގޮތުން ޗައިނާއިން ވަނީ މި މަހު ޓައިވާނަށް ފަރަންސޭސި އެމްޕީއަކު ޒިޔާރަތް ކުރެއްވުމުން އެކަމާ ދެކޮޅު ހަދާފައެވެ. ފަރަންސޭސި ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ އެމްޕީން ކުރާ ކަންތައްތަކާ ޚާރިޖީ ވުޒާރާއިން ދެކޮޅެއް ނުހަދާނެ ކަމަށެވެ. އަދި މިއާ ވިއްދައިގެން ފަރަނސޭސި ރިސަރޗަރއެއް ކަމަށްވާ އެންޓޯން ބޮންޑޭޒް ވަނީ ޗައިނާ އެމްބަސީއަށް ޓެގް ކޮށް އެމީހުންނަށް މަލާމާތް ކޮށްފައެވެ.

މިކަމަށް ރައްދު ދެމުން ޗައިނާ އެމްބަސީން ވަނީ ޓުއިޓާގައި ބޮންޑޭޒްއާ ދިމާއަށް "ލިޓްލް ރާސްކަލް" މިހެން ބުނެފައެވެ.

ފަރަނސޭސިން ބުނެފައި ވަނީ މިފަދަ ބަސްމަގަކީ ގައުމުތަކުގެ މެދުގެ ގުޅުގައި ބޭނުން ކުރެވޭ ފަދަ މުނާސިބު ބަސްތަކެއް ނޫން ކަމަށެވެ.

ޗައިނާ އެމްބެސެޑަރުން ވަނީ އެމީހުނާ ދެކޮޅު ވެރިވާ މީހުންނަށް ވަރަށް ހަރުކަށި ކޮށް އަދި ބައެއް ފަހަރަށް ޑިޕްލޮމެޓިކް ނޫން ބަސްމަގުން ރައްދު ދެއްވާފައެވެ.

ޕެރިހުން ވަނީ ފަރަންސޭސި އެމްބެސެޑަރު ގެނަސްގެން އިހުތިޖާޖުކޮށް ނުރުހުން ފާޅުކޮށްފައެވެ. އަދި ވިއެނާ ކޮންވެންޝަން އޮން ރިލޭޝަންއާ ބެހޭ ފިލާވަޅެއްވެސް ނަގައި ދީފައެވެ.

މި މައްސަލަ ދިމާވިއިރު ޔޫރަޕްގެ ޖަމާއަތާއި އެމެރިކާ އިނގިރޭސި ވިލާތް އަދި ކެނެޑާއިން ވަނީ ޗައިނާގެ މަސްއޫލުވެރިންނާ ދެކޮޅަށް ޝިންޖިއާން މައްސަލާގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.