ޗައިނާއާއި ކެނެޑާއާ ދެމެދު ބަދަލު ކުރެވޭ ބަހުގެ ހަނގުރާމައަށްފަހު ޗައިނާއިން ވަނީ ކެނެޑާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައި ވަނީ ޗައިނާއިން އަޅާފައިވާ ފިޔަވަޅުތައް ބަލައި ނުގަންނަ ކަމަށެވެ. އަދި ޗައިނާގެ ފިޔަވަޅު އަމާޒުކޮށްފައިވާ ކެނެޑާގެ ޕާލަމެންޓްގެ މެންބަރުގެ ދިފާއުގައި ކެނެޑާއިން އޮތް ކަމަށެވެ. އަދި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގައިވެސް ކެނެޑާއިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ކެނެޑާއާ ދެކޮޅު ދަތިކުރުމުގެ ފިޔަވަޅުތައް އިޢްާން ކުރީ ޗައިނާގެ ފޮރިން މިނިސްޓރީންނެވެ.

ކެނެޑާގެ ޕާލަމެންޓުން ނިންމާފައި ވަނީ ޝިންޖިއާންގައި ޗައިނާއިން ނަސްލު ނެތިކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގަރާރަށް ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ ޕާޓީން ވޯތެއް ނުދެއެވެ. އަދި މިއީ ސަރުކާރުން އެއަށް އަމަލު ކުރުން ލާޒިމު ގަރާރެއްވެސް ނޫނެވެ.

މީގެ އިތުރުން ކެނެޑާއިން ވަނީ ޗައިނާގެ ވާވޭ ކުންފުނީގެ ވެރިޔާ މެން ވެންޒޯ ހައްޔަރުކޮށްގެން އޭޏާއާ ދެކޮޅަށް ނާޖާއިޒު ފައިސާގެ މުއާމަލާތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޝަރީއަތެއް ފަށާފައެވެ. މެންގް އަކީ ވާވޭގެ ޗީފް ފައިނޭންޝަލް އެގްޒެކްޓިވް އެވެ.

ޗައިނާއިން ވަނީ ކެނެޑާގެ ދެ ރައްޔިތަކު ޖާސޫސް ކުރިކަމަށް ތުހުމަތުކޮށް ޗައިނާގައި ހިފަހައްޓައިގެން ޝަރީއަތް ފަށާފައެވެ. މިއިން އެކަކީ ކުރީގެ ދިޕްލޮމޭޓެކެވެ. އަދި ދެމީހުންނަކީވެސް ވިޔަފާރީގައި އުޅޭ ޗައިނާގެ މަސްލަހަތު ހިމާޔަތް ކޮށް ޗައިނާއަށް ތާއީދު ކުރުމުގެ މަސައްކަތުގައި އުޅުނު ދެމީޙުންނެވެ.

ކެނެޑާއިން ބުނަނީ ޗައިނާއިން މި ދެމީހުންގެ ކޮންސިއުލާ ވިޒިޓަށްވެސް ހުއްދަދީފައި ނުވާ ކަމަށެވެ.