ޓައިވާން ކައިރީގައި ޗައިނާ ސިފައިން ބާއްވާ އެންމެ ބޮޑު އަސްކަރީ ތަމްރީން ބާއްވައިފިއެވެ. މިއީ ކޮވިޑް ގެ ވަބާގައި ދުނޔެ ފުރަ ބަންދުގައި އޮތް އިރު ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑާއި ގެލްވާންގައި ޗައިނާއިން ހިންގި އަސްކަރީ ހަރަކާތްތަކަށްވެސް ފުޅާކޮށް ބާއްވާފައިވާ ތަމްރީންތަކެއް ކަމަށް ޗައިނާ ސިފައިން ބުނެއެވެ. ޗައިނާއިން ބުނެފައި ވަނީ މިތަމްރީންތަކުގައި ޓައިވާންގެ އިރުމަތީ ސަރަހައްދުން އަސްމަރީ މަތިންދާ ބޯތްތައްވެސް އުދުއްސާފައި ވާނެ ކަމަށެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕްރޮޕެގެންޑާ ނޫސް ގްލޯބަލް ޓައިމްސްއިން ބުނިގޮތުގައި މި އަސްކަރީ ތަމްރީނުތަކުން ދައްކައި ދޭން ބޭނުންވީ، ޗައިނާއިން ބޭނުން ނަމަ ޓައިވާން ވަށާލެވިދާނެ ކަމަށާއި އަދި ބޭރު ބަޔަކަށް ޓައިވާނަށް އެހީތެރިވުމަށް އެއްވެސް އެއްޗެއް ސަޕްލައިކޮށްދީ ދިފާއީ މަސައްކަތެއް ނުކުރެވޭނެ ކަމެވެ.
މި ތަމްރީންތަކުގައި މީގެ ކުރިން ބޭނުން ކޮށްފައި ނުވާހައި ގިނަ އަދަދެއްގެ ބޮން އަޅާ ބޯޓާއި ސެބްމެރިންއާ ދެކޮޅަށް ބޭނުން ކުރާ އުދުހޭ ބޯޓާއި ފައިޓަރ ޖެޓް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
މި ދިޔަ އަހަރުން ފެށިގެން ޓައިވާނުން ދަނީ ޗައިނާއިން ކޮންމެ ދުވަހަކު ހެން ޓައިވާންގެ ސަރަހައްދަށް ވަންނަ ހާދިސާތައް ޑޮކިއުމެންޓްކޮށް ރިޕޯޓް ކުރަމުންނެވެ.
ޗައިނާއިން ބާރު އަޅަމުން ދަނީ ޗައިނާއާ އެކު ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކުން އެއް ޗައިނާ ދެ ވަޒަންގެ ސިޔާސަތަށް ތާއީދުކުރާށެވެ. ނަމަވެސް ވޫހާން ކޮރޯނާ ވައިރަސްއާއި އަދި އެ ސިޔާސަތުގެ މައްޗަށް ބިނާވެފައިވާ ހޮންގ ކޮންގ ގެ ޒާތީ މިނިވަންކަން ޗައިނާއިން ނިގުޅައިގެންފައިވާތީ އާ އެއަށް ފަހު ޗައިނާއިން ފެނިފައިވާ އުދުވާނީ އަމަލުތަކުގެ ސަބަބުން ބައެއް މުހައްލިލުން ދަނީ އެއް ޗައިނާ ސިޔާސަތަށް އަދިވެސް ދުނިޔެއިން ތައީދުކުރަން ވީތޯ ސުއާލު ކުރަމުންނެވެ.