ބާބްރީ މިސްކިތުގެ ބަދަލުގައި އަޅަ ރާމް ޓެމްޕަލް ގެ މަސައްކަތް ނުފަށަނީސް އެކައުންޓުން ވައްކަން ކުރަން ފަށައިފި

0

ބާބްރީ މިސްކިތް ހުރިތާނގައި އަޅާ ރާމް ފައްޅި އެޅުމަށް ޗަންދާ ހޯދުމަށް ހުޅުވާފައިވާ އެކައުންޓުން ވައްކަން ކުރަން ފަށައިފިއެވެ.

އަޔޯދިޔާގައި މި ފައްޅި އެޅުމަށް ހުޅުވާފައިވާ އެކައުންޓުން ދެ ޗެކް ބޭނުންކޮށްގެން ހަ ލައްކަ ރުޕީސް ނަގާފައިވާ ކަން ވަނީ ބޭޒާރުވެފައެވެ.

Advertisements

މިކަން ސަމާލުކަމަށް އައީ ވަގު ޗެކެއް ހިފައިގެން ފައިސާ ނަގަން އުޅެނިކޮށް، އެ ޗެކްގެ ސައްކަ ކަމާ މެދު ފައްޅީގެ ޓްރަސްޓީއަށް ފޯނު ކުރުމުންނެވެ.

ފައިސާ ނަގަން އުޅުނު ޗެކާއި ކުރިން ފައިޗާ ނަގާފައިވާ ދެ ޗެކްގެ ނަމްބަރުގައި ހަދާފައިވާ ޗެކްގެ ގަނޑުތައް ފޮތުން ނުކަނޑައި ހުރިކަމަށް ޓްރަސްޓީ ބެންކަށް މަޢްލޫމާތު ދިނެވެ.

ފުލުހުން ބުނީ ރާމް ޓެމްޕަލް އިން ވައްކަން ކުރި މައްސަލަ ބަލަމުންދާ ކަމަށެވެ.

އިންޑިއާގައި ހިންދީންގެ ދޭވަތާއިންނަކީ އެމީހުންގެ ނަމުގައި ދައުވާކޮށް ދައުވާ ލިބިގަތުމުގެ ހައްގު ލިބިފައިވާ ގާނޫނީ ޝަޚްސް ތަކެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here