ސުއޭހަށް އުރުނު އެވަރ ގިވެން ފުކޮށް އެބޯޓުޖގެ ދަތުރު ފަށާފައިވާ ކަން ސުއޭސް ކެނަލް އޮތޯރިޓީއާއި މިސްރުގެ ރައީސް އަބްދެލް ފައްތާހުއް ސީސީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މި ބޯޓު އުރުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ ބައެއް އާގު ބޯޓުތައް ސުއޭސް ކެނަލް ދޫކޮށް ދެކުނުއެފްރިކާގެ ގުޑްހޯޕް މުލި ވަށައިލައިގެން ޔޫރަޕަށް ދަތުރުކުރަން މަޖުބުރު ވިއެވެ.

ދެކުނު ބިތުގެ މައި މުލި ކޭޕް އޮފް ގުޑް ހޯޕް

ދުނިޔޭގެ 30 އިންސައްތަ ކޮންޓެއިނާ ކާގޯ ދަތުރުކުރަނީ ސުއޭހުން ލައިގެންނެވެ.

ލުއޭޑްސްއިން ބުނާ ގޮތުން ދުނިޔޭގެ ވިޔަފާރިއަށް 6 އާއި 10 ބިލިއަން ޑޮލަރުގެ ގެއްލުން ހަފްތާއެއްގެ ދަތުރުފަތުރު ހުއްޓުމާ ގުޅިގެން ކުރިމަތިވެފައިވާނެ ކަމަށް ލަފާ ކުރެވެއެވެ.

ސުއޭހުގެ ދަތުރުތަކަށް ބުރޫ އެރުމާ ގުޅިގެން ޖަނަވާރު އުފުކާ 11 ބޯޓެއް ތާށި ވިއެވެ. މީގައި 130 ހާސް ޖަނަވާރެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނު ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ދަތުރުތަކަށް ބުރޫ އެރުމުގެ ސަބަބުން މިސްރު ސަރުކާރަށް ކެނަލުން ލިބެންވާ އާމްދަނީން 16އާއި 12 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތި ވިއެވެ.

އެވަރ ގިވެން އުރުމުގެ ސަބަބުން 425 އާގު ބޯޓަކަށް ސުއޭސް ކެނަލް ހުރަސް ނުކޮށް މަޑު ކުރަން ޖެހުނެވެ.

މި ބޯޓު ކަފު ޖެހުމަށް ދުނިޔޭގެ އެންމެ ބޮޑެތި 10 ޓަގް ބޯތް ހަރަކާތްތެރި ވެފައި ވެއެވެ.

ސުއޭސް ކެނަލްގެ ވެރިޔާ އުސާމާ ރަބީޢީ: ކެނަލް ހުޅުވިއްޖެ

މީގައި އެންމެ މަޝްހޫރު ބޯޓަކީ ތުރުކީގެ ތާރީޚީ އަންހެނެއްގެ ނަމުން ނަންދެވިފައިވާ ނީނާ ޚާތޫން ނަމަކަށް ކިޔާ ޓަގްބޯޓެވެ.

ބޯޓު ސަލާމަތް ކުރުމަށް އިސް ދައުރެއް އަދާކޮށްފައިވާ މިފަދަ މަސައްކަތުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ދުވަސްވީ ކުންފުނި ކަމަށްވާ ސްމިޓް ސެލްވޭޖް އެވެ. މކިއީ 1842 ގައި ރެޖިސްޓްރީކޮށްފައިވާ ކަނޑުގެ އަޑިން ބޯޓްތައް ނެގުމުގެ މަސައްކަތުގައި އުޅޭ މިފަދަ ހަމައެކަނި ކުންފުންޏެވެ. އަޑިއަށް ދިޔަ ރަޝިޔާގެ ފަޅުވެރިންތަކެއް މަރުވި ސެބްމެރިންވެސް ނަގައި ދީފައި ވަނީ މި ކުންފުނިންނެވެ.

ތުރުކީގެ ހާތޫން ....