އެމެރިކާގެ ރައިސް ޖޯ ބައިޑެން ވިދާޅުވަނީ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި އެމެރިކާގެ އާބާދީގެ ބޮޑެތި މީހުންގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމާ ލެވޭނެ ކަމަށެވެ.
އިނގިރޭސިވިލާތުން ބުނަނީ މީހަކު މަރުވެ ދުވަހެއް ގޮސްފައިވާ ކަމަށެވެ.
ތުރުކީ ރައީސް ވިދާޅުވަނީ ހަފްތާ ބަންދުގެ ގައިގޯޅިވެ ނޫޅުމަށެވެ. އަދި އެހެން ދުވަސްތަކުގައި ރޭގަނޑު ކަރފިއު ހިންގާފައި ބޭއްވުމަށެވެ.
މަޣްރިބުން ވަނީ ރޭގަނޑު ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައެވެ.
އުރުދުން އިން ވަނީ ކޮރޯނާގެ ޒަމާނުގެ ދެވަނަ ސިއްހަތާ ބެހޭ ވަޒީރު އައްޔަން ކޮށްފައެވެ. ކުރީ ވަޒީރުއަށް އިސްތިއުފާ ދެއްވުމަށް ރަސްގެފާނު އެންގެވީ ކޮރޯނާގެ ބަލި މީހުންތަކެއް، ހސްފަތާލުން އޮކްސިޖަން ހުސްވުމުން މަރުވުމާ ގުޅިގެންނެވެ.
ޕާކިސްތާންގެ ރައިސް އާރިފް އަލްވީ ވަނީ ކޮވިޑަށް ފައްސިވެ ވަޑައިގެންފައެވެ. އޭނާ ވަނީ ޗައިނާއިން އުފައްދާފައިިވާ ވެކްސިންގެ ފުރަތަމަ ޑޯޒް ނަންގަވާފައެވެ. ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާންގެ ދެމަފިރިކަނބަލުންވެސް ޗައިނާ ވެކްސިން ގެ ޑޯޒް ނެންގެވުމާއެކު ވަގުތުން ކޮރޯނާގެ އާލާސްކަންފުޅުގައި އެކަހެރިވެ ވަޑައިގަތެވެ.
ޕާކިސްތާންގެ ދިފާއީ ވަޒިރުވެސް ޗައިނާގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނެންގެވުމަށްފަހު ވަނީ ކޮވިޑަށް ފައްސިވެ ވަޑައިގެންފައެވެ.
މި ބޭފުޅުން ބޭނުން ކުރެއްވި ސައިނޯފާމް ވެކްސިން އަކީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އަދި ހުއްދަ ދީފައވާ ވެކްސިނެއް ނޫނެވެ.
މިހާތަނަށް 127 މިލިއަނަށް ވުރެން ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައި ވެއެވެ. މި ވަބާއަކީ ޗައިނާގެ ވޫހާނުން ދުނިޔެއަށް ފެތުރިފައިވާ ވަބާއެކެވެ.