ގުޖުރާތުގައި ސީޕްލޭންގެ ޚިދުމަތް ފަށަނީ

0

ގުޖުރާތުގައި ފަށާ ސީޕްލޭން ސަރވިސް، އޮކްޓޯބަރ މަސް ނިމޭއިރު ފަށާނެ ކަމުގެ ޔަގީންކަން ގުޖުރާތު ސަރުކާރުން ދީފިއެވެ.

އިންޑިއާއިން ރާވާފައިވަނީ، ސީޕްލޭންގެ ޚިދުމަތް އިންޑިއާގެ ހަ ތަނަކަށް ފެށުމަށެވެ. އަދި އެއަށްފަހު އެކަށީގެންވާ އެހެން ތަންތަނަށްވެސް ދަތުރުތައް ފަށާ ގޮތަށެވެ.

Advertisements

އޮކްޓޯބަރު މަހު ސީޕްލޭން ފެށުމަށް ހަމަޖެހިފައިވަނީ ގުޖުރާތުގެ ސަބަރުމަތީއިން ނަރްމަދާ ކޯރުގެ ސްޓެޗޫ އޮފް ޔުނިޓީއަށެވެ.

ސްޓެޗޫ އޮފް ޔުނިޓީއަކީ ސައިންޓިސްޓް ވައްލައްބަހާއި ޕަޓޭލްގެ ހަނދާނުގައި ހަދަފާއިވާ ސްޓެޓޫއެކެވެ. އަދި މި ސީޕްލޭންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީވެސް އޭނާގެ އުފަން ދުވަހާ ދިމާކޮށެވެ.

އިންޑިއާއިން ސީޕްލޭންގެ ޚިދުމަތް ފަށާނެކަމަށް އިޢްލާން ކުރައްވާފައިވަނީ ޓެސްޓް ދަތުރުތައް ބޭއްވުމަށްފަހު އިންޑިއާގައި ބޭއްވި އެންމެ ފުރަތަމަ ރަސްމީ ސީޕްލޭން ދަތުރުގައި ބޮޑު ވަޒީރު މޮދީ ގުޖުރާތަށް ވަޑައިގެންނެވެ.

ސީޕްލޭންގެ ފައްތިޔާތައް ހެދުމާއި އެތަން ތަން ބަލަހައްޓާނީ އިންޑިއާގެ ސިވިލް އެވިއޭޝަން އޮތޯރިޓީންނެވެ.

އިންޑިއާ ސަރުކާރުން ވަނީ ކޯރުތަކާއި ފެންގަނޑުތައް ރަނގަޅު ފެންވަރަކަށް ތައްޔާރުކޮށް ދަތުރުފަތުރުގައި މިތަންތަން ބޭނުން ކުރާށެވެ.

ގުޖުރާތުގައި ބާއްވާ ފުރަތަމަ ދަތުރުތައް އޮންނާނީ ދުވާލެއްގެ މައްޗަށް ހަތަރު ދަތުރެވެ. ކޮންމެ ދަތުރެއްގައި ކޮޅަކަށް ދިވެހި 95 ރުފިޔާއެވެ.

މި ދަތުރުތަކުގައި ބޭނުންކުރުމަށް ސްޕައިސް ޖެޓްއިން ވަނީ 400 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައެވެ.

އެކުންފުނިން މިހާރު ބޭނުންކުރަނީ މޫދަށާއި އެއްގަމަށް ޖެއްސޭ ވައްތަރުގެ ބޯޓްތަކެވެ. މީގެ 100 ބޯޓް އެކުންފުނިން ހޯދާފައި ވެއެވެ.

ސްޕައިސް ޖެޓުން ބޭނުންކުރާނީ، ޖަޕާންގެ ސީޕްލޭން އުފައްދާ  ސެޓޯޗީ ކުންފުނިން އުފައްދާފައިވާ ކުއެސްޓް ކޮޑިއަކް ޖީ 1000 މަރުކާގެ ބޯޓްތަކެވެ.

ސްޕައިސް ޖެޓުން ބުނެފައިވާ ގޮތުގައި އެކުންފުނީގެ އަމާޒަކީ އިންޑިއާގައި ސީޕްލޭން އުފައްދައި ވެސްޓް ބެންގޯލް ސަރަހައްދުގެ ތެތް ބިންތަކާއި، ބަންގްލަދޭޝްއާއި އިންވެފައިވާ ޖަންގަލިތަކުގެ ކޯރުތަކަށް ދަތުރުތައް ބާއްވާށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here