މަސްތުވާ ތަކެއްޗާ ކަންގަނާ އާ އޮތް ގުޅުމާ ބެހޭ ގޮތުން ތަހުގީގު ކުރަނީ

0

ކަންގަނާ ވަނީ މަހަރާޝްތްރާގެ ގަވަރުނަރާ ރާޖް ބަވަންގައި މިއަދު ބައްދަލުކޮށްފައެވެ. ކަންގަނާ ކިޔައި ދިން ގޮތުގައި ގަވަރުނަރު އޭނާއާ ވާހަކަ ދެއްކެވީ ދަރިއަކާ ވާހަކަ ދައްކަވާ ގޮތަށެވެ.

ކަރްނާޓަކާގެ ހޯމް މިނިސްޓަރު ވަނީ ކަންގަނާއަށް ތުހުމަތު ކުރެވޭ މަސްތުވާ ތަކެތީގެ މައްސަލަ ތަހްގީގު ކުރުމަށް ނާކޮޓިކްސް ބިއުރޯއަށް އަންގަވާފައެވެ.

Advertisements

ކުރީ ޒަމާނެއްގައި ކަންގަނާ މަސްތުވި ކަމަށް ބުނާ ވީޑިއޯއެއް މީސްމީޑިއާގައި ވަރަލް ވުމުން އޭނާއާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ވަނީ މިވާހަކަ ބޭޒާރުކޮށްލާފައެވެ.

މީޑިއާ ބުނާ ގޮތުން ކަންގަނާގެ އަމާޒު މިއޮތީ ދުރުރާސްތާއަކަށެވެ.

އޭނާ ކޮންމެ ވެސް ހިސާބަކުން ބީޖޭޕީއާ ގުޅިދާނެ ކަމަށްވެސް ލާފާކޮށް މީޑިއާއިން ވާހަކަ ދައްކަމުން ގެންދެއެވެ.

ބީޖޭޕީއާއި މަހަރާޝްޓްރާގެ މިހާރު ވެރިކަން ކުރާ ޝީވް ސޭނާއަކީ އެއް ޒަމާނެއްގައި، އެއް އުރައެއްގައި އޮތް ދެ ކަނޑިއެވެ. ވެރިކަން ބަހާނެ ގޮތާމެދު މައްސަލަ އުފެދިގެން ދެ ޕާޓީން ވަރިފަށަށް އެރީއެވެ.

ކަންގަނާގެ ކަނާތު ފިޔައިގެ ހިންދޫ ޚިޔާލުތައް އޭނާ މަޑުމަޑުން ތިލަ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ކަންގަނާއަށް ވައި ޕްލަސް ސެކިއުރިޓީ ހަމަޖެއްސުމުން އޭނާގެ މަންމަ ވަނީ މޯދީއަށް ޚުޝާމަދުކޮށްފައެވެ.

މުހައްލިލުން ބުނާ ގޮތުގައި ކަންގަނާ ވެގެންދާނީ މީޑިއާއިން ބީޖޭޕީއަށް އެތެރެ ވެގަންނަ ދެވަނަ ސްރީމްތީ އީރާނީއަށެވެ.

މިހާރު ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމެންޓް މިނިސްޓަރ އީރާނީއަކީ ސީރިއަލް ތަކުގައި ތަމްސީލް ކުރި އަޑުގަދަ ސިޔާސީ ތަރިއެކެވެ. އޭނާ ވަނީ ރާހުލް ގާނދީ ފުރަމުން ގެންދިޔަ އަމިތީ ގޮނޑކިން އޭނާ ބާލައި ޕާލަމެންޓަށް ވަދެފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here