ޗައިނާއިން ދުނިޔޭގެ މުހިންމު މީހުންގެ މަޢްލޫމާތު އެއްކޮށްގެން ގެންގުޅުނު ޑޭޓާބޭސްއެއް ބޭޒާރުކޮށްލައިފި

0

15 މަސްވަންދެން މަސައްކަތް ކުރުމަށްފަހު 2018 ވަނަ އަހަރު ޑިސެމްބަރު މަހު ޗައިނާއިން އަޕްލޯޑް ކުރި ޑޭޓާބޭސްގައި ދުނިޔޭގެ އެތައް ގައުމެއްގެ މުހިންމު މީހުންގެ ޒާތީ މަޢްލޫމާތު ރައްކާކޮށްގެން ގެންގުޅުނެވެ.

އިންޓަރނޭޝަނަލް މީޑިއާގައި ކޮށްފައިވާ ރިޕޯޓްތަކުން މީގައި އޮސްޓްރޭލިއާއާއި އެމެރިކާއާއި އިންޑިއާގެ މުހިންމު މީހުންގެ މަޢްލޫމާތު ރައްކާކޮށްފައި ހުރިކަން ފެންނަކަން ހާމަވެއެވެ.

Advertisements

ޒެންހުއާ ޑޭޓާ އަކީ ޗައިނާ ސަރުކާރާއި ޗައިނާގެ މިލިޓަރީއަށް މަޢްލޫމާތު ދޭ ކުންފުންޏެކެވެ. މިކުންފުނިން މަޢްލޫމާތު އެއްކޮށްފައިވަނީ ބިގްޑޭޓާގެ އުސޫލުންނެވެ. މީގައި މީހާއާއި އެމީހާގެ އާއިލާއައި އަނބިދަރިންނާއި ކުރާމަސައްކަތާއި އަދި އެމީހެއްގެ ނުފޫޒު އޮންނަ ދާއިރާވެސް ފާހަގަކޮށްފައި ވެއެވެ. އަދި މީހާއަށް އަމާޒުކޮށް މަސައްކަތް ކުރަންޖެހޭ މިންވަރަށް ބަލައި މާކްސްދީ ގިންތި ކުރެވިފައި ވެއެވެ.

މި ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި ސިޔާސީ މީހުންނާއި އަސްކަރީ މީހުންނާއި ސައިންޓިސްޓުންނާއި އިންޖިނޭރުންނައި އެކައުންޓެންޓުންނާއިވިޔަފާރިވެރިންނާއި ގާޒީންނައި ސަރުކާރުގެ މަސްއޫލުވެރިން ހިމެނެއެވެ.

މީޑިއާއިން ސިފަކުރާ ގޮތުގައި މިއީ ޗައިނާއިން މީހުންނަށް ޖާސޫސްކުރުމަށް ހިންގަމުން ގެންދާ ބޮޑު އޮޕަރޭޝަނެކެވެ. މިކުންފުންޏަށް މަޢްލޫމާތު ހޯދުމަށް ދިޔަ ނޫސްވެރިންނަށް އަންގާފައިވަނީ މި މަޢްލޫމާތަކީ ކްލަޔަންޓުންގެ މަޢްލޫމާތުކަމުގައިވާތީ އެކަން ސާފުކޮށްދެވެން ނޯންނާނެ ކަމުގައެވެ.

އޭގެ ތިން ދުވަސްފަހުން މި ކުންފުނީގެ ވެބްސައިޓް ވަނީ ބާލާފައެވެ.

ލިބިފައިވަ މަޢްލޫމާތަށް ބަލާއިރު މި ކުންފުނީގެ ޑޭޓާބޭސްގައި 24 (ސައުވީސް) މިލިއަން މިލިއަން މީހުންގެ ޑޭޓާ ހިމަނާފައި ވެއެވެ.

މި ޑޭޓާބޭސް އުފެއްދި ކުންފުންޏަކީ ޗައނާ ސަރުކަރާއި ސިފައިންނާ ގުޅުން އޮންނަ ކުންފުންޏެކެވެ.

ލީކްވެފައިވާ މަޢްލޫމާތުން އެނގެނީ، ޗައިނާއިން ސިއްރިއްޔާތުގައި މީހުންގެ މަޢްލޫމާތު އެއްކުރުމުގެ އޮޕްރޭޝަން ހިންގުމުގެ ކުޅަދާނަކަމެވެ.

ހޯދާފައިވާ މަޢްލޫމާތުގެ ތެރޭގައި މީހުންގެ އައިޑީއާއި އެޑްރެހާއި ކައިވެނީގެ ހާލަތާއި ފޮޓޯއާއި ސިޔާސީ ފިކުރާއި ގުޅުންތަކާއި މީޑިއާގައި ބޭނުންކުރާ އައިޑީފަދަ ތަކެތި ހިމެނެއެވެ.

ގިނަ މަޢްލޫމާތަކީ އޮޕަން ސޯސް ނުވަތަ އާންމުކޮށް ލިބެން ހުންނަ މަޢްލޫމާތެވެ. މި މަޢްލޫމާތު އެއްކޮށްލައި އެއްތަނަކުން ފެންނާން ހުރުމުން މީގެ ނުރައްކާތެރިކަން މާބޮޑަށްވެސް ހާމަވެއެވެ.

މިކުންފުނިން މަޢްލޫމާތު އެއްކުރަނީ ކޮންމެ ގައުމެއްގައިވެސް ހުންނަ އެ ކުންފުނީގެ މަޢްލޫމާތު އެއްކުރާ އޮފީހަކުންނެވެ.

މިކުންފުނީގެ ޗީފް އެގްޒެކްޓިވްއަކީ ކުރިން އައިބީއެމްގައި މަސައްކަތްކުރި މީހެކެވެ. ވެންގ ޝޫފެންގ ބުނާ ގޮތުގައި އާންމުކޮށްލިބެން ހުންނަ މަޢްލޫމާތު ބޭނުންކޮށްގެން ނަފްސާނީ ހަނގުރާމައެއް ހިންގިދާނެ ކަމަށެވެ.

މިޑޭޓާބޭސް ލީކްކޮށްލާފައިވަނީ ވިއެޓްނާމްގައި ހުރި އެމެރިކާގެ ޕްރޮފެސަރ ކްރިސްޓޮފަރ ބޯލްޑިންގއެވެ. އޭނާ އަކީ ކުރިން ޗައިނާގައި ޔުނިވަރސިޓީ ޕްރޮފެސަރެކެވެ. އޭނާއަށް މިމަޢްލުމާތު ފޯރުކޮށްދިން ފަރާތެއް އޭނާ ހާމައެއް ނުކުރެއެވެ.

ފުރާނައަށް ނުރައްކާ ވެދާނެކަމަށް ބަލައި ޕްރޮފެސަރު ވަނީ ވިއެޓްނާމް ދޫކޮށްއެމެރިކާއަށް އެތެރެ ވެފައެވެ.

ބޯލްޑިންގ މި މަޢްލާތޫމާތު ހާމަކޮށްފައިވަނީ އޮސްޓްރޭލިއާގެ އިންޓަރނެޓް 2 ކިޔާ ކުންފުންޏަށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here