ފަހުގެ ސްޓައިލް: އުދުހޭ ބޯޓްގައި ހަދާ ރެސްޓޯރެންޓްތައް  

0

މަތިންދާ ބޯޓް ވައިގެ ތެރެއިން ރިޓަޔާ ކުރުމަސްފަހުވެސް އެއީ މީހުންނާ ވަކިކޮށްލެވޭ އެއްޗަކަށް ނުވެއެވެ.

އައު ކަމަކަށް މަތިންދާ ބޯޓް ބޭނުންކޮށްފިނަމަ، އެވެގެން ދަނީ ނިކަން ޓްރެންޑީ ކަމަކަށެވެ.

އިންޑިއާއާއި ތައިލެންޑްގައި މަތިންދާ ބޯޓް ނުވަތަ އުދުހޭ ބޯޓްގައި ހަދާފައިވާ ރެސްޓޯރެންޓްތައް ވަނީ މަގްބޫލު މަންޒިލަކަށް ވެފައެވެ.

Advertisements

ވާލު ރޯގާއާ ގުޅިގެން މީހުން ފުރަބަންދުން ވީއްލުނަސް، ބޭރު ދަތުރުތަކެއް ނުކުރެވެއެވެ. އެހެންވެ، އުދުހޭ ބޯޓެއްގައި ދަތުރުކޮށްލުން އިހުސާސްކޮށްލުމުގެ އެންމެ ގާތް ގޮތަކީ، އެއިން އުޅަނދެގައި ހަދާފައިވާ ރެސްޓޯރެންޓަކުން ކާލުމެވެ.

ންޑިއާގެ އަމްބާލާ އެއަރޕޯޓަށް އޮންނަ ހައިވޭގައި ބައި އޭކަރުގެ ބިމުގައި ބާއްވާއްފައިވާ މަތިންދާ ބޯޓް ރެސްޓޯރެންޓްގައި އިންޑިއާގެ ހުރިހައި ވައްތަރެއްގެ ކާނާ ލިބެން ހުރެއެވެ.

ރަންވޭއަކީ އިންޑިއާގައި މަތިންދާބޯޓްގައި ހަދާފައިވާ ދެވަނަ ރެސްޓޯރެންޓެވެ. ފުރަތަމަ މަތިންދާ ބޯޓް ރެސްޓޯރެންޓަކީ ލުދިޔާނާގެ ހަވާއި އައްޑާއެވެ.

ތައިލެންޑްގައިވެސް މަތިންދާ ބޯޓް ރެސްޓޯރެންޓް ވަނީ އެންމެ ފަހުގެ ޓްރެންޑަށް ވެފައެވެ.

ތައިލެންޑްގެ ރެސްޓޯރެންޓްގައި ވައިގެ ދަތުރު އިހުސާސްކޮށްދިނުމަށް، ބޯޑިންގ ޕާސް ވެސް ދެވެއެވެ.

ތާއީ އެއަރވޭސްގެ ބެންކޮކް ހެޑް އޮފީސްގައި ބާއްވާފައިވާ އުދުހޭ ބޯޓް ރެސްޓޯރެންޓްގައި މީހުންނަށް މަޢްލޫމާތު އިތުރު ކުރުމުގެ ގޮތުން ކޮކްޕިޓްވެސް ދައްކާލެވެއެވެ.

ތައިލެންޑގެ ދެވަނަ އުދުހޭ ބޯޓް ރެސްޓޯރެންޓެއް ތައްޔާރު ވަމުންދަނީ އައްސޭރިފަށުގެ ޕެޓާޔާގައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here