ޕާކިސްތާންގެ ތައްލީމީ ނިޒާމްގައި އަރަބި ބަސް ކިޔަވައި ދިނުން ލާޒިކުރާ ބިލެއް ޕާލަމްނެޓުން ފާސްކޮށްފިއެވެ. މި ބިލް ހުށަހަޅާފައި ވަނީ އިދިކޮޅު ޕާކިސްތާން މުސްލިމް ލީގް (ނަވާޒް) އިންނެވެ. ޕާލަމެންޓްގައި މާބޮޑު ދެކޮޅުވެރިކަމެއް ނެތި ބިލް ފާސް ވެގެން ހިނގައްޖެއެވެ.

މި ބިލްގައި ބުނާ ގޮތުން ޕާކިސްތާންގެ ސްކޫލުތަކުގައި ގްރޭޑް 1 ން 5އަށް އަރަބި ކިޔައވައިދީ 6ން 12އަށް އަރަބި ބަހުގެ ގަވާއިދު ކިޔަވައި ދޭން ވާނެއެވެ.

މިބިލަށް ފަޑު ކިޔާފައި ވަނީ އިދިކޮޅު ޕާކިސްތާން ޕީޕަލްސް ޕާޓީންނެވެ. އެ ޕާޓީގެ ފަރާތކުން ޕާލަމެންޓްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ޕާކިސްތާނަކީ އަރަބި ޙަޟާރާގެ ބައެއް ނޫން ކަމަށާއި ޕާކިސްތާނަކީ އިންޑޫސް ވާދީގެ ސަގާފަތުގެ ބައެއް ކަމަށެވެ.

އެކަޑެމިކް ދާއިރާގެ ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ބުނެފައި ވަނީ އަރަބި ބަސް ކިޔަވައި ދިނުން މަޖުބުރު ކުރާއިރު މިކަމަށް ބޭނުންވާ މުދައްރިސުން ލިބޭކަށެއް ނެތެވެ. އަދި އަރަބި ބަސް ކިޔަވައިދޭން ފެށުމުން ސައިންސާއި މެތުސްއަށް ދޭން އޮންނަ ވަގުތު މަދުވެގެން ދާނެ ކަމަށެވެ.

ޕާކިސްތާންގެ ވެރިކަން ކުރާ ތަހްރީކޭ އިންސާފް ޕާޓީން ބުނެފައި ވަނީ މި ބިލް ހަމަސް ތެރޭގައި ތަންފީޒު ކުރާނެ ކަމަށެވެ.

އަރަބި ބަހަކީ 25 ގައުމެއްގެ ރަަސްމީ ބަހެވެ. އަދި މިއީ ދުނިޔޭގެ ފަސްވަނަ ބަހެވެ.