ހަމުގައި ހުންނަ ކުދި ބިހިތައް ފިލުވުމަކީ ބައެއް މީހުނަށް އުނދަގޫކަމެކެވެ. ކިތަންމެ ކްރީމްތަކާއި ސައިބޯންޏެއް އުނގުޅިޔަސް މި ބިހިތައް ފިލައިގެން ނުގޮސް ހުރެއެވެ. އެހެންކަމުން މޫނު ސާފު ކުރުމުގެ އިތުރަށް ހަންގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެންމަވެސް ގިނައިން ލޮނާއި ހަކުރު އަދި ފެޓް ހުންނަ ކާނާ ކެއުމުން ހަންގަޑު ސާފުވުމުގެ ބަދަލުގައި ބިހިވެސް އިތުރުވާނެއެވެ.

ތިރީގައި މިވަނީ ހަންގަޑު ރީތި ކޮށް ސާފުކޮށް ބަހައްޓައިދޭ ބައެއް ކާނާއެވެ.

މަސް

މަހަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބޭ އެއްޗެއްކަން އެންމެނަށް ވެސް އެނގެއެވެ. މަހުގައި ހިމެނޭ "އޮމެގާ3" (ބޮޑުމަހުތެޔޮ) އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މާއްދާއެކެވެ. މީގެ ސަބަބުން ހަންގަޑުގެ ދިފާއީބާރު ވަރުގަދަވެ، ހަމުގެ އެކި އެކި ބަލިތަކަށް އަވަސް ފަރުވާއެއް ލިބެއެވެ. އަދި ހަންގަނޑު ރީތި ކޮށްދީ އޮމާން ކޮށްދެއެވެ. މީގެ އިތުރަށް މަހަކީ އިސްތަށިގަނޑަށްވެސް ފައިދާހުރި ކާނާއެކެވެ. މިގޮތުން އިސްތަށުގަނޑު މަޑުކޮށްދީ ވިދުން ރީތި ކޮށްދެއެވެ.

ލުނބޯ

ލުނބޯ އަކީ ހަމަށް ވަރަށްގިނަ ފައިދާތަކެއް ކުރާ ކާނާގެ ބާވަތެކެވެ. އަދި ގެއިން އަބަދުވެސް ލިބެން ހުންނަ ބާވަތެކެވެ. ލުނބޯގައި އެކުލެވޭ ވިޓަމިންސީ އަކީ ހަމަ އެކަނި ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދޭ އެއްޗެއް ނޫނެވެ. މީގެ އިތުރަށް ހަމަށްވެސް ހައިރާންވާފަދަ ފައިދާތަކެއް ލުނބޮއިން ލިބެއެވެ. މިގޮތުން ހަމުގެ ޕީ އެޗް ލެވެލް ހިފަހައްޓައިދެއެވެ. އޭގެ ސަބަބުން ހަންގަނޑުތަފާތު ބަލިތަކުން ދިފާއު ކުރުމަށް ހުރަހަކަށް ވެއެވެ. އަދި ހަންގަޑު ތާޒާކޮށްދީ ސާފުކޮށްދެއެވެ. އެހެންކަމުންދުވާލަކު ލުނބޯ އަޅައިގެން ފެންތައްޓެއް ބޫލުމުންވެސް ހަމަށް ފައިދާ ކުރާނެއެވެ.

ރީނދޫ

ރީނދުލަކީ ބަދިގޭގައި ކާއެއްޗިހި ހެދުމަށް ބޭނުންކުރާ އެއްޗެއްނަމަވެސް ހަންގަނޑު ރީތި ކޮށްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރެއެވެ. އެގޮތުން ހަންގަނޑު ބެކްޓީރިއާއިން ސަލާމަތް ކޮށްދިނުމާއި އެކު ހަމުގެ ކުލަ އަލިކޮށްދެއެވެ. މިގޮތުން ކާތަކެތި ތައްޔާރު ކުރާއިރު ރީނދޫ ލުމުގެ އިތުރަށް ލުނބޮޔާއި މާމުޔާއި އެކު މޫނުގައި ރީނދޫ އުނގުޅުމުން ހަންގަޑު ސާފު ކޮށްދީ އޮމާން ކޮށްދިނުމުގެ އިތުރަށް ކުލަ އަލިކޮށްދެއެވެ.

އެވަކާޑޯ

އެވާކާޑޯ އިން ސަޓަނި ހަދައިގެންނާއީ ހުހަށް ކެއުމާއި އަދި ގިރައިގެން ބުއިމުންވެސް ހަންގަނޑަށް ފައިދާވެއެވެ. މިގޮތުން މަރުވެފެފައި ހުންނަ ހަމަށް ދިރުން ލިބެއެވެ. އަދި ހަންގަނޑަށް ތާޒާކަމާއި ރީތި ކަން ގެނެސްދެއެވެ. އަދި މީގެ އިތުރަށް އެވަކާޑޯގައި ހުންނަ ވިޓަމިންސްގެ ސަބަބުން ހަންގަނޑުގައި ތެއްކަން ހިފަހައްޓައިދެއެވެ.