ޔޫޓިއުބް އިން ޓިކްޓޮކް ކޮޕީ ކުރަނީ

0

ޓިކްޓޮކް އިންޑިއާގައި މަނާކުރުމާއެކު ޔޫޓިއުބުން ވަނީ ކުދި ވީޑިއޯ އަލްޕޯޑް ކުރާ އެޕެއްގެ އަޖުމަ، އިންޑިއާގައި ބެލުމަށް މަސައްކަތް ފަށާފައެވެ.  މިއެޕަށް އަދި އެހެން ނަމެއް ދީފައެއް ނުވެއެވެ.

މި އެޕްގައި މައްޗަށް ނެގޭނީ 15 ސިކުންތުގެ ވީޑިއޯއެވެ. އަދި ޓިކްޓޮކްގައި ހުންނަ ފަސޭހަތައް ހުންނާނެ ކަމަށް ވެއެވެ.

Advertisements

އިންޑިއާއާއި ޗައިނާގެ ހަމަނުޖެހުމުގައި އިންޑިއާއިން ވަނީ ޗައިނާގެ ގިނަ އެޕްތަކެއް މަނާކޮށްގައެވެ.

ޓިކްޓޮކްއަކީ އިންޑިއާގައި އެ އެޕް ބޭނުންކުރާ 120 މިލިއަން މީހުން އުޅޭ މާކެޓެކެވެ.

ޔޫޓިއުބުން ވަނީ ޓިކްޓޮކް ކަހަލަ އެޕެއް އުފެއްދުމުގެ ވާދަވެރިކަމަށް ވަދެފައވެ. އިންޑިއާގައި، އަމިއްލަ ކުދި ބޮޑު އެތައް ފަރތަކުން ދަނީ މިފަދަ އެޕެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ޔޫޓިއުބްގެ އެޕްގައި މިއުޒިކްވެސް ރިކޯޑްކުރުމަށް ފަސޭހަތައް ހިމަނަފައި ވާނެއެވެ.

އެމެރިކާގެ ފިއްތުންތަކާހެދި އެމެރިކާ ޓިކްޓޮކް، ގަތުމަށް ވާދަކުރި ކުންފުނިތަކުގެ ތެރޭން އޮރެކްލްއިން އެމެރިކާ ޓިކްޓޮކްގެ ހިއްސާގަންނާނެ ކަމަށް ބެލެވެއެވެ. އިންޑިއާއިން ބުނެފައިވަނީ އޮރެކްލްއިން އެމެރިކާ ޓިކްޓޮކް ގަތަސް އިންޑިއާއިން ނިންމާފައިވާ ނިންމުމަށް ބަދަލެއް އަދި ނައަންނާނެ ކަމަށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here