މިއީ ކޮންފަދަ ރުޅިވެރިކަމެއް ބާވައެވެ؟

0

އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދީތިޔަނާތު ވިދާޅުވަނީ، (މުސްލިމު) މުޣަލް ރަސްކަލުންގެ ނަމުން ތަންތަނަށް ނަން ދޭނީ ކިހިނެއް ހެއްޔެވެ؟ އާގަރާގައި ހަދަމުންދާ މުޢަލް މިއުޒިއަމްގެ ނަން ޗަޓްރަޕަޓީ ޝިވާޖީ މަހާރާޖް މިއުޒިއަމަށް ބަދަލު ކުރާނެ ކަމަށް އޭނާ އިއްލާން ކުރައްވައިފިއެވެ.

މިހާރުގެ މަހާރާޝްރާ ސްޓޭޓްގެ މަރާޓީ ދަރިކޮޅުގެ މި ހަނގުރާމަވެރިއާ އޭނާގެ ޒަމާނުގެ ދިއްލީ ގައި ފައިބީއްސާފައި ވާނެހެނެއްވެސް ހީއެއް ނުވެއެވެ.

Advertisements

“މުޣަލް އަހަރަމެންގެ އަބްޠާލުންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޝީވާޖީ މަހާރާޖްގެ ނަން އިވުމުންވެސް އަމިއްލަ ނަފްސަށް އިތުބާރު ލިބި، ވަޠަނީ ލޭ ކެކިގަނޭ” ޔޯގީ ވިދާޅުވިއެވެ.

ޔޯގީ މިވާހަކަ މިމޭރުމުން ހާމަ ކުރެއްވީ މިކަމަށް އެނާ ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

އޭނާގެ މިވާހަކަ ޓުއިޓާއަށްވެސް ހިންދީ ބަހުން މިފަދައިން ހިއްސާކޮށްލިއެވެ.

މުޣަލް މިއުޒިއަމް ޕްރޮޖެކްޓަކީ، 2015 ވަނަ އަހަރު، އަކީލޭޝް ޔާދަވްގެ ސަމާޖްވާޑީ ޕާޓީގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓެކެވެ.

ތާޖްމަހަލްއާ ކައިރީގައި ހަ އޭކަރުގެ ބިމުގައި ހަދާ މިމިއުޒިއަމްގައި މުގަލް ޒަމާނުގެ ސަގާފަތާއި ކުރެހުމާއި ފަންނާއި ހެދުމާއި ކާނާއާއި ހަތިޔާރު އަދި ސަގާފީ ކުޅި ވަރު ދެއްކުން ހިމެނެއެވެ.

މުޣަލް ދަރިކޮޅުން އިންޑިއާގައި ވެރިކަން ކުރީ 1526ން ފެށިގެން 1540އަށެވެ.

މި ދަރިކޮޅުން ވެރިކަން ކުރި ދުވަސްވަރު އިންޑިއާއަށް ޙަޟާރީ އެތައް ބިނާއެއް ބިނާކުރިއެވެ. އޭގެ ތެރޭގައި ތާޖް މަހަލްއާއި ރެޑްފޯޓްފަދަ އެތައް ބިނާއެއް ހިމެނެއެވެ.

 

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here