މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފައްދާ ސިލްސިލާ ހުއްޓުވައިފި

0

އިންޑިއާގެ ސިވިލް ސާރވިސް އިމްތިހާނުން ފާސްވެގެން ގިނަ އަދަދަކަށް މުސްލިމުން ސިވިލްސާވިސްއަށް ވަންނަމުންދާ ކަމީ އިންޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ނުބުނެވޭނެ ކަމަށް އިންޑިއާ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ހިންދީ ބަހުން ބްރޯޑްކާސްޓް ކުރާ ސުދާރަޝަން ޓީވީ އިން ވަނީ ސިވިލްސާވިސް ފޫއަޅުވާލުމަށް މުސްލިމުން ޖިހާދެއް ކުރަމުންދާ ކަމަށް ބުނެ ޓީވީ ސިލްސިލާ ރިޕޯޓްތަކެއް ތައްޔާރުކޮށްފައެވެ. ފޮޓޯގައި މިވަނީ ޕްރޮގްރާމްގެ އިޝްތިހާރެކެވެ.

Advertisements

މިއީ ނަސްލީ ދެކޮޅުވެރިކަމެއް އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް ބުނެ މި ޓީވީ ސްޓޭޝަންއާ ކުރިމަތިލި މީހުންނަށް ރައްދު ދީ، ސްޓޭޝަނުން ބުނެފައި ވަނީ މިއީ ޚިޔާލު ފާޅުކުރުމުގެ ބައެއް ކަމަށެވެ.

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް އިޖުތިމާއީ ނަފްރަތުގެ ޝުއޫރު އުފެއްދުމުގައި ޖިހާދު މިބަސް ބޭނުން ކުރުމަކީ އާންމު ކަމެކެވެ.

މުސްލިމު ފިރިހެން ކުއްޖަކާ ހިންދީ އަންހެން ކުއްޖަކު ލޯބީގެ ގޮތުން ގުޅިއްޖެނަމަ، އެއަށްވެސް ދީފައި އޮންނަ ނަމަކީ ލަވް ޖިހާދެވެ. ޔައުނީ، ހިންދީން ދީނުން ބަރީއަ ކުރުމަށް ލޯބިވެގެން މުސްލިމުން ޖިހާދެއް ކުރަނީ ކަމުގައެވެ.

މިއަދު ސުޕްރީން ކޯޓުން ކުރި ޙުކުމްގައި ބުނެފައި ވަނީ މިފަދައިންނެވެ. “ހަރުދަނާ ޑިމޮކްރެސީއެއްގެ ބިންގަލަކީ، ތަފާތު ޖަމާއަތްތަކުން ގުޅިގެން މުޖުތަމައުގައި ދިރިއުޅުމެވެ.”

އިންޑިއާގެ ސޮލިސިޓަރ ޖެނެރަލް މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ޑިމޮކްރެސިއެއްގައި ކޮންމެ ފަދަ ވާހަކައެއް ދެއްކިކަމުގައިވިއަސް މީޑިއާ ކޮންޓްރޯލެއް ނުކުރެވޭނެ ކަމުގައެވެ.

ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ، އިންޑިއާ އަކީ ތަފާތު ހަޟާރާތަކާއި ސގާފަތާއި ތަފާތު ޤިޔަމްތައް ހިމެނޭ މުޖުތަމައެއްކަމުން ވަކި އެއް ބައެއް ނުބައި މީސްކުރުމަށް މަސައްކަތް ކުރުމަކީ ނޭދެވޭ އމަލެއްކަމުގައެވެ.

މި ޓީވީ ސިލްސިލާގައި ސައްހަ ނޫން މަޢްލޫމާތު ހިމެނޭކަކމަށްވެސް ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

ކޯޓުން ވަނީ މި ސިލްސިލާ ހުއްޓުވާފައެވެ.

ޓީވީ ސްޓޭޝަނުން ބުނެފައިވަނީ މުސްލިމުން ސިވިލްސާވިސްއަށް ވަނުމަކީ އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާ ވާކަމެއްކަމުގައެވެ.

އިންޑިއާގައި ދޭތެރޭން މުސްލިމުންނާ މެދު ނަފްރަތު އުފައްދައި މުސްލިމުން އަމާޒުފަތްގަނޑަކަށް ހަދައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here