ސާދިގް ޚާންއާ ދެކޮޅަށް ނިކުތް އިންޑިއާ މީހާ ޑިސްކޮލިފައިކޮސްފި

0

ސާދިޤް ޚާނާ ދެކޮޅަށް ލަންޑަންގ މޭޔާރުގެ މަގާމަށް ވާދަކުރި އިންޑިއާ ދަރކޮޅުގެ މީހާ، ނަސްލީ ތަފާތުކުރުމުން އޭނާގެ ކެންޑިޑޭޓްކަން ބާޠިލްކޮށްފިއެވެ.

ޕާކިސްތާން ދަރިކޮޅުގެ ޚާންއާ ވާދަ ކުރުމަށް ލިބަރެލް ޑިމޮކްރެޓިކް ޕާޓީން ނިކުތީ، އިންޑިއާ ދަރިކޮޅުގެ ގީތާ ސިދޫ ރޮބްއެވެ. އޭނާއަކީ އޯގަނިކް ކާނާއާއި ޖޫސް ވިއްކާ، ބްރޭންޑް ނޯޝް ޑިޓޮކްސްގެ ވެރިޔާއެވެ.

Advertisements

މީޑިއާއަށް ގީތާގެ މާޒީ ތިލަވިއިރު އޭނާ ވަނީ ޔަހޫދީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް 1997ގައި ބަސްބުނެފައެވެ.

1997ގެ އާންމު އިންތިޚާބުގައި އޭނާގެ ކެމްޕެއިންގައ ބޭނުން ކުރި ބަސްތަކަށް އޭނާ ވަނީ މައާފަށް އެދިފައެވެ.

“އެއްވެސް ބާވަތެއްގެ ނަސްލީ ދެކޮޅުވެރިކަމަކަށް އެއްވެސް ފުރުސަތެއް ދީގެނ ނުވާނެ” ކަމުގައި އޭނާ ބުނެއެވެ.

އޭނާއާއި އެއިރު، ވާދަކުރެއްވި ޖެކް ސްޓްރޯ އާދެކޮޅަށް ކެމްޕޭން ކުރަމުން ގީތާ ބުނެފައި ވަނީ ޔަހޫދީ ޖެކް ސްޓްރޯ އަށް ވޯޓް ލައިގެން ނމުވާނެ ކަމަށެވެ. މިވާހަކަތައް ބޭޒާރުވުމުން ގީތާ ވަނީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީންވެސް މިހާރު ސަސްޕެންޑް ކޮށްފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here