ބެއިރޫތު: ޒަހާ ހަދީދް ޑިޒައިން ކުރި އިމާރާތެއްގައި  ރޯވެއްޖެ

0

ބެއިރޫތުގެ އަލިފާނުގެ ތިން ވަނަ ކާރިސާ މިރޭ ދިމާވެއްޖެއެވެ. މި ރޭ އަލިފާން ރޯވެފައި ވަނީ ހަދަމުންދާ އިމާރެއްގައެވެ. މިއިމާރާތް ޑިޒައިން ކޮށްފައި ވަނީ އިރާގްގެ މަޝްހޫރު އާރކިޓެކްޓް ޒަހާ މުހައްމަދު ހަދީދްއެވެ.

ބެއިރޫތުގައި މިފަހުން ހިނގި އެންމެ ބޮޑު ކާރިސާގައި ބެއިރުތު ބަނދަރުގައި އެމޯނިއަމް ނައިޓްރޭޓް ގޮވައިގެން މުޅި ހިސާބު ގަނޑު ހަލާކުވެ، 200 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެ. އެތައް ބަޔަކަށް ނަފްސާނީ ހާލަތެއް ވަނީ މެދުވެރިވެފައެވެ.

Advertisements

މިރޭގެ އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް ސާފެއް ނުވެއެވެ.

މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުވެސް ކަމާ ބެހޭ ފަރާތްތަކަށް ހޯދިފައެއް ނުވެއެވެ.

ލުބުނާންގައި ކޮރަޕްޝަނާއި ސިޔާސީ ހަމަ ނުޖެހުމާއި ބޭރުގެ ފަރާތްތަކުގެ ބެހުމާއި ތަފާތު ސިޔާސީ އޮއިވަރުތަކަށް ގައުމުގެ މީހުން ބައިބައި ވެފައި ވުމުގެ ސަބަބުން، ކުރިން މެޑިޓެރޭނިއަން ކަނޑުގެ ޕެރިސްކަމަށް ސިފަ ކުރެވުނުތަން މިހާރު އޮތީ ނުތަވަސްކަމާއި ނާމާން ކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here