އައިސީއޭއެމް އިން މެމްބަރު ޔައުގޫބް އިސްތިއުފާ ދެއްވައިފި

0

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.

ޗާޓާޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން “އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް” ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފެއްދެވުމާއި ގުޅިގެން އެ އިންސްޓްޓިއުޓްއަށް ކައުންސިލް މެމްބަރުން ކައުންސިލްގެ ރައީސް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ އައްޔަން ކުރައްވާފައެވެ.

ޔައުގޫބު އިސްތިއުފާ ދެއްވީ އޭނާ ކައުންސިލްގެ މަގާމު ބަލައިގަތުމާއި އެކު އޭނާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާމެދު ގާނޫނީ ވަކީލުން ސުވާލުއުފެއްދެވުމާއި ގުޅިގެންނެވެ. ގާނޫނު އަސާސީގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރާނަމަ އެމީހެއްގެ މެމްބަރުކަން ގެއްލިގެން ދާނެއެވެ. އެހެންވެ ޔައުގޫބުގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ބައެއް ވަކީލުން ވިދާޅުވެއެވެ.

ޔައުގޫބު ވިދާޅުވަނީ އައިސީއޭއެމްގެ ކައުންސިލްކަން ގަބޫލުކުރެއްވީ ގާނޫނީ ލަފާވެސް ހޯޢްދަވައިގެން ކަމަށާ އެކަމުގައި މައްސަލައެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވީ މިވަގުތު އެންމެ ރަނގަޅުގޮތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެކައުންޓެންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ބޭފުޅުންގެ ތެރެއިން އޮޑިޓާ ޖެނެރަލް އައްޔަން ކުރެއްވި މެމްބަރުންނަކީ ކްރޯވް މޯލްޑިވްސްގެ އޮޑިޓް ޕާޓްނާ ހަސަން މުހައްމަދު އާއި، ޕްރޮޑަންޓް ޗާޓާޑްގެ މެނޭޖިން ޕާޓްނާ ޔައުގޫބް އަބްދުﷲ އާއި، އެފް.ޖޭ.އެސް އެސޯސިއޭޓްސްގެ މެނޭޖިން ޕާޓްނާ ފަރީހާ ޝަރީފްގެ އިތުރުން މެރިއޮޓް އިންޓަނޭޝަނަލްގެ ކޮމްޕްލެކްސް ޑިރެކްޓަރު އޮފް ފިނޭންސް މާލިކް މުހައްމަދު އެވެ.

އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުން އައްޔަން ކުރެއްވި މެމްބަރުންނަކީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒް އާއި ޑިރެކްޓާ އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް އެންޑް ސްޓެޗުޓަރީ ބޮޑީސް އޮޑިޓް، ޗީފް އިންޓާނަލް އޮޑިޓަާ އިބްރާހިމް ފަޒީލެވެ. އަދި ކައުންސިލްގައި ހިމެވަޑައިގަންނަވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އާއި ފައިނޭންޝިއަލް ކޮންޓްރޯލާ ފާތިމަތު ރަޒީނާ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އުފައްދަވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލު ރައީސް ތަސްދީގް ކުރައްވާފައި ވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here