އަބަމަޔަންގް، އާސެނަލްގެ ކޮންޓްރެކްޓް އާކޮށްފި

0
އަބަމަޔަންގް، އާސެނަލްގެ ކޮންޓްރެކްޓުގައި ސޮއި ކުރަނީ.

ގެބޯންގެ ނުރައްކާތެރި ފޯވާޑް ޕިއެރެ އެމެރިކް އަބަމަންޔަންގް، އާސެނަލްގައި 2023 ގެ ނިޔަލަށް މަޑު ކުރުމަށް އެއްބަސްވެ އެކްލަބުގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޓުން އާސެނަލްއަށް 2018 ވަނަ އަހަރު ބަދަލުވި އަބަމަޔަންގް، އާސެނަލްގެ ކޮންޓްރެކްޓް އާކޮށްފައި މިވަނީ ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބުތަކުން އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

“އަހަރެން ނިސްބަތްވަނީ އާސެނަލްއަށް. އާސެނަލްއާއެކު ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް. ކޮންޓްރެކްޓް މިއާކުރީ އާސެނަލްއާއެކު ކުރިއަށް އޮތް ތަނުގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދޭނެކަމުގެ އުއްމީދު އޮތުމުން” އަބަމަޔަންގް،31، ބުންޏެވެ.

Advertisements

މިހާތަނަށް އާސެނަލްއަށް ކުޅެދިން 111 މެޗުގައި 72 ލަނޑު ކާމިޔާބު ކޮށްފައިވާ އަބަމަޔަންގަށް އާކޮންޓްރެކްޓުގެ ދަށުން ހަފްތާއަކު ދެލައްކަ ޕައުންޑުގެ މުސާރައެއް ލިބޭނެއެވެ. މިއާއެކު އޭނާ ވެގެންދާނީ އެކްލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.

އާސެނަލްގެ ކެޕްޓަންކަމުގެ ޒިއްމާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނަގަމުން އަންނަ އަބަމަޔަންގުގެ ކެޕްޓަން ކަމުގެ ދަށުން އާސެނަލްއިން ވަނީ ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕް އަދި ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފައެވެ.

އަބަމަޔަންގް ކޮންޓްރެކްޓް އާކުރުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ކޯޗް މައިކަލް އާޓެޓާއަށެވެ. “އަބަމަޔަންގަކީ ވިސްނުން ރަނގަޅު މޮޅު ކުޅުންތެރިއެއް. އަހަރެމެން ބިނާ ކުރަމުން މިދާ ޓީމުގެ ލީޑަރަކީ އޭނާ. މިކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ހުރީ ބޭނުންވެފައި” މިދިޔަ ސީޒަނުގެ މެދުތެރެއިން އާސެނަލްއާ ހަވާލުވި ކޯޗް އާޓެޓާ ބުންޏެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here