ވާނާއަށް އަނިޔާވެ ލިވަޕޫލާ ދެކޮޅަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

0

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން، އަންނަ އާދިއްތަ ދުވަހުގެ ރޭ ޕްރިމިއަރ ލީގުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ޗެލްސީގެ ނުރައްކާތެރި ފޯވާޑް ޓިމޯ ވާނާއަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީއާ ގުޅުނު ވާނާއަށް އަނިޔާވީ ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އަތުން 3-1 އިން ޗެލްސީ މޮޅުވި މެޗުގައި ބްރައިޓަންގެ ކީޕަރު ރިޔަން ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައެވެ. އެކަމަކު އޭނާ ވަނީ މެޗުގެ 90 މިނެޓް އެއްކޮށް ކުޅެފައެވެ. “ކީޕަރުގެ ކަކޫ ޖެހުނީ ވަރަށް ބާރަށް. މުޅި މެޗުގައި ތަދު އިހްސާސް ވަމުންދިޔަ. ބައެއްފަހަރު ރަނގަޅަށް ދުއްވައިގަންނަންވެސް އުނދަގޫވި. އެކަމަކު ފުރަތަމަ މެޗުން ލިބުމުން ހިތްހަމަ ޖެހޭ” ޖަރުމަނު ގައުމީ ޓީމުގައިވެސް ހިމެނޭ ވާނާ ބުންޏެވެ.

Advertisements

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަތުމަށް 190 މިލިޔަން ޕައުންޑް ޗެލްސީން ހަރަދު ކޮށްފައިވާއިރު މީގެ ތެރެއިން 47.5 މިލިޔަން ޕައުންޑް ހަރަދުކުރީ ވާނާގެ ޓްރާންސްފާ ފީއަށެވެ. އަނެއްކޮޅުން ވާނާގެ ޓްރާންސްފާގެ ކަންތައްތަކުގެ ތެރެއަށް ޗެލްސީން ވަނީ ލިވަޕޫލުން އޭނާ ގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެހެންކަމުން ލިވަޕޫލްއާ ދެކޮޅަށް ވާނާ ކުޅޭ މެޗްތަކަށް ގިނަބައެއްގެ ސަމާލުކަން ހުއްޓޭނެކަން ކުރިންވެސް އޮތީ ބެލެވިފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here