މިނިސްޓަރަކަށް ނުރުހުން ފާޅު ކުރަނީ ވެރިކަމުގެ އުއްމީދުގައެއްނޫން: ނަޝީދު

0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މިނިސްޓަރަކާ ގުޅޭގޮތުން ނުރުހުން ފާޅު ކުރައްވަނީ ވެރިކަމުގެ އިތުރު އުއްމީދެއްގައެއްނޫން ކަމަށް ކުރީގެ ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ނެރުނު އެމްޑީޕީގެ ހަބަރު ސިޓީގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

Advertisements

އެލިއުމުގައި، ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައީސްކަން ކުރެއްވުމަށް ވެސް އިތުރަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވެރިކަމުން ދުރު ކުރުމަށް ރައިސް ނަޝީރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެން، އެ ދެ ރއީސުންގެ މެދުގައި ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފައެވެ.

އެކަންތައްތައް ފާހަގަ ކުރައްވައިއ ރައީސް ނަޝީދުގެ ލިއުމުގައި ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަަރުކާރަށް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.

ޕާޓީން އެ މަނިކުފާނަށް ދީފައިވާ އެންމެބޮޑު މަގާމަކީ އެމަނިކުފާނަށް ފެންނަ ގޮތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ސޯލިހުގެ ވަޒީރަކާ ގުޅޭގޮތުން ނުރުހުން ފާޅު ކުރެއްވުމަކީ ފަސޭހަ ކަމެއްނޫން ކަމަށެވެ. ރައީސް އިބޫއަށްވެސް ވެސް އެކަން އެނގިވަޑައިގަންނަވާނެ، ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސީދާ ސީދަލަށް ދަންނަވާނަމަ ބައެއް ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާޏު ފާހަގަކުރާ ނުކުތާ ތަކަކީ، ސަރުކާރު ނިކަމެތި ކުރުމަށް ފާހަގަ ކުރާ ކަންތައްތަކެކެވެ.

ނަމަވެސް އެއީ ހަގީގަތްނޫން ކަމަށް ވެސް އެމަނިކުފާު ވިދާޅުވެފައިވެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here