ކޮވިޑްގެ ވަބާއިން އެންމެ ބޮޑަށް އަސަރު ކުރި ބަޔަކީ އަންހެނުންނެވެ. ވަރލްޑް އިކޮނޮމިކް ފޯރަމް އިން ޝާއިއކުރި ރިޕޯޓެއް ބުނ ގޮތުން މި ވަބާގައި އަންހެނުންގެ ވަޒީފާ ގެއްލުނު ނިސްބަތް ފިރިހެނުންނަށް ވުރެން އެތައް ގުނައެއް އިތުރު ވެފައި ވެއެވެ. އަދި ފުރަ ބަންދާއި ސްކޫލުތައް ބަންދު ވުމުން ގޭގައި ތިބެގެން ކުދިން ބެލުމާއި އެމީހުންގެ ތައްލީމުގެ ކަންކަން ހަމަޖެއްސުމަށް އަންހެނުން ކުރަން ޖެހުނު މަސައްކަތް އިންތިހާއަށް ބުރައެވެ. މީގެ އިތުރުން ފުރަބަންދުގައި އާދަޔާޚިލާފަށް ގިނަ އަދަދަކަށް އަންހެނުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ދިޔަ ކަންވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

މިރިޕޯޓަކީ، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފުރުސަތުތަކުގައި ހުރި ތަފާތު ބަޔާން ކުރާ ގްލޯބަލް ޖެންޑަރ ގެޕް ރިޕޯޓެވެ.

މިރިޕޯޓްގައި ބުނެފައިވާ ގޮތުން ދުނިޔޭގައި އަންހެނުންނާއި ފިރިހެނުންގެ ދެމެދުގެ ފުރުސަތުތައް ފަހި ކުރުމާއި ހަމަހަމައިން ކަންކަން ގާއިމްވެފައި އޮތުމަށާއި ފަރަގާއި ތަފާތު ނައްތާލުމަށް އަދި 135.6 (ސަތޭކަ ތިރީސް ފަހެއް ޕޮއިންޓް ހައެއް) އަހަރު ނަގާނެ ކަމަށެވެ.

"އަންހެނުންގެ އިތުރު ޖީލަކުންވެސް ހަމަހަމައިން ފުރުސަތު ލިބުމަށް މަޑު ކުރަން ޖެހޭނެ އެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

އުންމީދީ ވާހައަކަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ އެއްކަމަކީ މަޑުމަޑުން އަވަސް ފިޔަވަޅު ތަކާއެކު ސިއްޙީދާއިރާއާއި ތަޢްލީމީ ދާއިރާގައި އަންހެނުން ކުރިއަރަމުންދާ ކަމަށެވެ.

އެކަމަކު ވަޒީފާގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު، މިހާރު މިއޮތްގޮތުން ނެތިގެން ދިއުމަށް އަދި 267.6 އަހަރު ނަގާނެއެވެ.

"އަހަރު ތަކުން ހޯދާފައިވާ ކުރިއެރުމާއި ޖިންސުގެ ތަފާތުކުރުން ކަނޑުވާލުން ވަނީ ގެއާއި ވަޒީފާގެ މާހައުލުގައި ގެއްލިގެން ގޮސްފައެވެ." ވަރލްޑް އިކޮނޮމިކް ފޯރަމްގެ މެނޭޖިންގ ޑައިރެކްޓަރ ސާދިއާ ޒަހީދީ ވިދާޅުވެފައި ވެއެވެ.