ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 103 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗުޕީއޭ އިން ވިދާޅުވެފައިވާ ގޮތުގައި މި 103 މީހުންގެ ތެރެއިން 58 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 24 މީހުންނެވެ. ރިސޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ 21 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި 103 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ މިހާރުވަނީ 24،651 އަށް އަރައިފައެވެ. މީގެ އިތުރުން 21،512 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ޖުމްލައަކީ 94 މީހުންނެވެ. މިބަލީގައި 67 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.