އިންޑިއާއާއެކު އަސްކަރީ ތަމްރީންތަކަށްޓަކައި ފްރާންސްގެ މަނަވަރުތައް އިންޑިއާއަށް ވަދެއްޖެއެވެ. މި މަނަވަރުތައް އިންޑިއާގައި އެންމެ ފުރަތަމަ ޒިޔާރަތް ކުރަނީ، ކޮއްޗިން އަށެވެ. އެއަށްފަހު ބޭ އޮފް ބެންގޯލްގައި ތަމްރީންތަކުގައި ބައިވެރިވާ ނެއެވެ،

ފަރަންސޭސިވިލާތުން ބުނާ ގޮތުން މި ތަމްތީންތަކުގެ މަގްސަދަކީ ބޭނުން ވެއްޖެ ހިނދެއްގައި ފްރާންސްގެ އަސްކަރީ ގާބިލުކަން އެހެން ސަރަހައްދުތަކުގައި ބޭނުން ކުރުމުގެ ކުޅަދާނަކަން ދެއްކުމެވެ.

ބޭ އޮފް ބެންގޯލްގައި އޮންނަ ތަމްރީން ތަކަކީ، އިންޑިއާއާއި އެމެރިކާއާއި ޖަޕާނާއި އޮސްޓްރޭލިއާއިން ގުޅިގެން ބާއްވާ ތަމްރީން ތަކެކެވެ. މިއީ މި ހަތަރު ގައުމާއެކު ފްރާންސުން ބައިވެރިވާ ފުރަތަމަ ތަމްރީނެވެ.

މި ތަމްރީން ތަކަށް ފަހު ހުޅަނގު އަރަބި ކަނޑުގައި ފްރާންސްގެ މަތިންދާބޯޓް އުފުލާ މަނަވަރުތަކާއެކު އިންޑިއާއިން ވަކިން އަސްކަރީ ތަމްރީންތައް ބޭއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.

ފަރަންސޭސިވިލާތުން ސިފަ ކުރާ ގޮތުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ ސްތްރެޓެޖިކް ބައިވެރިއަކީ އިންޑިއާއެވެ.