ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ.ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމަށް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފިއެވެ.

އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 280 ދުވަސް ތެރޭގައި ނިންމާ ގޮތަށް އަށާރަ މިލިއަން ދުއިސައްތަ ފަންސާސް ހަތްހާސް އަށް ސަތޭކަ ނުވަދިހަ އެއްރުފިޔާ ފަންސަތިރީސް ލާރިއަށެވެ.

މަޝްރޫއުގެ މައިގަނޑު މަސައްކަތް

- ދޯނި އެހެލާ ސަރަހައްދެއް ހެދުން

- 254.56 މީޓަރުގެ ރިވެޓުމެންޓް ޖެހުން

- 17،768 އަކަމީޓަރުގެ ބިން ހިއްކުން

- ކުރިން ހިއްކާފައިވާ ސަރަހައްދުގެ ބިންގަނޑު ލެވެލް ކުރުން

މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.