އެމެރިކާއިން އިސްވެ އޮވެގެން ޓޯކިޔޯގައި ބާއްވާފައިވާ ޗައިނާއާ ދެކޮޅު ހަތަރު ގައުމުގެ އިއްތިހާދަށް ރަސްމީ ސިފައެއް ގެންނަން އެމެރިކާއިން ބޭނުން ވެއެވެ. މުހައްލިލުން ދެކޭ ގޮތުގައި ޗައިނާއިން މާ ހަރުކަށި ގޮތްތަކެއް ގެންގުޅުމުން އާދަވެގެން ޗައިނާއާ އެކު ގާތް ގުޅުމެއް ގެންގުޅުނު އަވަށްޓެރިން ވަނީ މާ ބޮޑަށްވެސް އެމެރިކާއާ ގާތް ކޮށްދީފައެވެ.
ކިޔާލަން: ޝީ ޖިންޕިންގ ގެ މަގްބޫލުކަން ވަރަށް ދަށުގައި
އަންގާރަ ދުވަހު ޓޯކިޔޯގައި ބާއްވާފައިވާ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖނީ ވަޒިރު މައިކް ޕޮމްޕިއޯ ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ފޭރުމާއި ކޮރަޕްޝަނާ ދެކޮޅަށް އާ ދެކޮޅަށް ނިކުންނަން ވާނެ ކަމަށެވެ.
މި ހަތަރު ގައުމު ލައިގެން ނޭޓޯފަދަ ސަލާމަތީ އިއްތިހާދެއް ހެދުމަށްވެސް ޕޮމްޕިއޯ ހުށަހެޅުއްވިއެވެ.
ބެއިޖިންގއިން މި ވާހަކަތަކަށް އަދި ރައްދެއް ދީފައެއް ނުވެއެވެ، ނަމަވެސް ޓޯކިޔޯގައި ޗައިނާ އެމްބަސީން ނެރުނު ބަޔާންގައި ބުނެފައިވަނީ އިއްތިހާދު ހެއްޖަސް އެހެން މީހުންގެ މަސްލަހަތަށް ނުރައްކާ ކޮށްގެން ނުވާނެ ކަމަށެވެ.
މި ބަޔާނުގައި އެމެރިކާގެ ވިސްނުމަކީ ފިނި ހަނގުރާމައިގެ ވިސްނުމެއް ކަމަށް ސިފަކޮށް، ފިނިހަނގުރާމައިގެ ވިސްނުން ބަދަލު ކުރުމަށް ގޮވާލާ ފައި ވެއެވެ.
މުހައްލިލުން ބުނެފައިވާ ގޮތުގައި މި ހަތަރު ގައުމުގެ އިއްތިހާދު ނޭޓޯފަދަ އިއްތިހާދަކަށް ނުވާނެ އެވެ. ނަމަވެސް މިހުރިހައި ކަމެއް ވެގެން ދިޔައީ ބެއިޖިންގ އިން ގެންގުޅުނު ސިޔާސަތެއްގެ ނަތީޖާއަކުން ކަން ޗައިނާއިން ދަންނަން ޖެހޭނެ ކަމަށެވެ.
2017 އިން ފެށިގެން މި ހަތަރު ގައުމުން ކޮނޑާ ކޮނޑު ޖައްސަން ފަށައިފިއެވެ. އަދި އަހަރަކު ދެ ފަހަރު ބައްދަލުކުރަމުން ގޮސް މި ހަތަރު ގައުމަށް ސީރިއަސްކޮށް އިށީނދެ ލައިގެން ވާހަކަ ދައްކަން މެދުވެރިވީ ކޮރޯނާގެ ނިވަލުގައި ޗައިނާއިން އެއްގަމާއި ވަޔާއި ކަނޑުގައި މުލައްނދަނޑީގެ ބާރުދައްކަން ފެށުމާ ގުޅިގެންނެވެ.
ކިޔާލަން: އެމެރިކާގެ މަގްބޫލުކަން އިތުރުވެ ޗައިނާ ވެއްޓެނީ
މިގޮތަށް މޮޅު ވާހަކަ ދެއްކިއަސް މި ނޭޓޯއަކަށް ނުވާނެއެވެ. ނަމަވެސް މިވާހަކައިގައި ޖަޕާނާއި އިންޑިއާއަށް ފޯރިއާލާވާ ކަންތައްތަކެއް ހުންނާނެކަން ކަށަވަރެވެ.
އެމެރިކާއިން ބާރު އަޅަމުން ދަނީ ޑިމޮކްރެސީއަށް ގަޔާވާ ގައުމުތަކަށް ހިތްވަރުދީ ޗައިނާގެ އެއް ޕާޓީގެ ވެރިކަމަށް ގަޔާވުމުން ގައުމުތައް ދުރުކުރުމަށެވެ.
ކިޔާލަން: އިންފްރާސްޓްރަކްޗަރ ގައި ޗައިނާއާ ވާދަކުރުމަށް އެމެރިކާއާއި ތައިވާން ގުޅިގެން
ކިޔާލަން: ކެނެޑާއިން ޗައިނާ އާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް
މިހަތަރު ގައުމުގެ ފޮރިން މިނިސްޓަރުން އެއްބަސްވީ، ކަނޑުގެ ސަލާމަތާއި ސައިބަރ ސެކިއުރިޓީއާއި ފެންވަރު މަތީ އިންފްރާސްޓްރަކްޗަރ ހެދުމަށާއި ދޭތެރޭ ދޭން ބައްދަލުކޮށް ސައްލާ ކުރުމަށެވެ.
މިއީ އިންޑޯ ޕެސިފިކް ޕޮލިސީއެއް އެކުލާވާލާ ހަތަރު ގައުމެވެ. މިމީހުންނާ ދުރުން އައިސް ފްރާންސާއި ޖަރމަނީ އަދި ޔޫކޭ ބައިވެރިވާނެ ކަމުގެ އިޝާރާތެއް އެގައުމުތަކުން ވަނީ ދީފައެވެ.