މާމުޔަކީ ކެއުމުގައި ބޭނުންކުރާ އަދި ބޭސްވެރިކަމުގައި ބޭނުން ކުރަމުން އަންނަ ވަރަށް އާދަޔާ ޚިލާފު ފާއިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މާމުއި ކުޅަނދުރުތައް 1 ޕައުންޑް މާމުއި ތައްޔާރުކޮށްލުމަށްޓަކައި 2މިލިއަނެއްހާ މަލަށް ޒިޔާރަތްކުރަން ޖެހެއެވެ. މިކަމަށްޓަކައި ވަރަށް ދުރު ރާސްތާއަކަށް ދަތުރުކުރަންޖެހެއެވެ. އެއީ ގާތްގަނޑަކަށް ދުނިޔެވަށާ 3 ބުރު ޖެހުންފަދަ ރާސްތާއެކެވެ. އެވްރެޖްގޮތެއްގައި މާމުއި ކުޅަދުރަކަށް އެ ސޮރުގެ އުމުރުގައި އެއްކޮށްލެވެނީ ސަމުސަލެއްގެ 12 ބައިކުޅަ 1 ބަޔަށްވާ ވަރުގެ މާމުޔެވެ.

މި ކުޅަދުރަށް އެކަތި އަނެކައްޗާ މުޢާމަލާތުކުރުމުގެ ބާރާއި މާމެލާމެލި ހުންނަތަންތަން ހޯދުމާއި އަނބުރާ އޭތީގެ ހަތަޔާހަމައަށް އައުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. ތޯމަސް ހޭލް،ޕީ.އެޗް.ޑީ.އޯތަ އޮފް މެޑިކޭޝަން އެންޑް މަދާސް މިލްކް 2000 ބުނެފައިވާ ގޮތުން މާމުއި 1އަހަރުން ދަށުގެ ކުޑަކުދިންނަށް ދިނުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ''ކުޑަދަރިފުޅުގެ ގޮހޮރަށް ނުރައްކާތެރި ވިހައެއް ފޮނުވާލާ ބޮޓުލިޒަމް ބެކްޓީރިއާ މާމުޔާއި އެކުވެފައި ހުރެދާނެތީއެވެ. މީގެ ސަބަބުން ބައެއްކަހަލަ ނުރައްކާތެރިބަލި ޖެހިދާނެތީ 1 އަހަރުން ދަށުގެ ކުދިންނަށް މާމުއި ދިނުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި 30 އާއި 40 ޑިގްރީއާއި ދެމެދުގެ އަދަދަކަށް ހޫނުމިން އަރާއިރަށް މާމުއީގައިވާ ބޭސްވެރިކަމުގެ ބާރުދަށްވާން ފަށާނެއެވެ.

މި އާރޓިކަލްގައި މާމުއިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް ލިޔެލާނަމެވެ.

ބަރުދަން ލުއިކުރުމަށް

ހެނދުނު ހުސްބަނޑާ އަދި ނިދުމުގެ ކުރިން 2 ސަމުސާ މާމުއި 1 ސަމުސާ ފޮނިތޮށި ޕައުޑަރ ހޫނުފެންތައްޓަކަށް އެއްކުރުމަށްފަހު ސައިބުއިމުގެ ބައިގަޑިއިރު ކުރިން ބޯލާށެވެ. މި ގަވާއިދުން ބޯކަމަށް ވަންޏާ ވަރަށް އަވަހަށް އެންމެފަލަ މީހުންވެސް ހިކެންފަށާނެއެވެ. މި ބުއިމުގެ ސަބަބުން ސަރުބީ ޖަމާވުން މަދުކޮށްދެއެވެ.

ދަރިމައިވުމަށާއި ޖިސްމާނީ ދުޅަހެޔޮކަމަށް

މި މައްސަލައަށް ޒަމާނުއްސުރެ އިރުމަތީ ޤައުމުތަކުގައި މާމުއި ބޭނުންކޮށްގެން އަންނަނީ ފަރުވާ ކުރަމުންނެވެ. މިގޮތުން ނިދުމުގެ ކުރިން 2 ސައިސަމުސާ މާމުއި ބޭނުންކުރުމުން ޖިސްމާނީ ދުޅަހެޔޮކަން އިތުރުކޮށް ފިރިހެނާގެ ދަރިމައިވުމަށް ބޭނުންވާ ފަނީގެ ދުޅަހެޔޮކަންވެސް އިތުރުކޮށްދެއެވެ. މީގެ އިތުރުން 1 ސައިސަމުސާ މާމުޔަށް ކުޑަ ފޮނިތޮށި ޕައުޑަރކޮޅެއް އެއްކޮށްލުމަށްފަހު އަނގައިގެ ހިރުގަނޑުގައި މުޅިދުވަހު އުގުޅާފައިބަހައްޓާށެވެ. ދަރިމައިނުވާ އަންހެނުންނަށް ދަރިމައިވުމުގައި އެހީތެރިވެދެއެވެ. މީގައި އެންމެ ރަނގަޅީ ކުޅާއި އެކުވެގެން ލަސްލަހުން ގިރިގެންދިއުމެވެ.

މޫނުގެ ރީތިކަމަށް އަދި އޮށާޅައަށް ހައްލެއް

3ސައިސަމުސާ މާމުޔަށް 1ސައިސަމުސާ ފޮނިތޮށި ޕައުޑަރ އެއްކޮށްލުމަށްފަހު ނިދުމުގެ ކުރިން ބިހިތަކުގައި އުނގުޅާލާށެވެ. އަދި ހެނދުނު ދޮވެލާށެވެ. މީގެ އިތުރުން ޖަރާސީމް ނެތިކޮށްލުމާއި ލަކުނުލުން ވެސް ހައްލުކޮށްދޭކަމަށްވެއެވެ.

ކޮލެސްޓްރޯލް

16 އައުންސް (ގާތްގަޑަކަށް 500މލ) ހޫނުފެނަށް 2 ސައިސަމުސާ މާމުޔާއި 3 ސަމުސާ ފޮނިތޮށި ޕައުޑަރ އެއްކުރުމަށްފަހު ތިންއިރު ބޭނުންކުރާށެވެ. ހަށިގަނޑުގައިވާ ކޮލެސްޓްރޯލްގެ މިންވަރު 2 ގަޑިއިރުތެރޭގައި 10 ޕަސެންޓަށް ދަށްކޮށްދީ ހާޓް އެޓޭކް ޖެހުމުން ދުރުކޮށްދޭނެއެވެ.

އަރިދަފުސް ރޯގާ

ނޭފަތާއި ސައިނަސްތައް ސާފުކޮށް އަރިދަފުހުގެ އަލާމާތްތަކުން ލުޔެއް ހޯއްދެވުމަށް 1ސަމުސާ މާމުއި ހޫނުކަންމަތީ 4ބައިކުޅަ1ބައި ފޮނިތޮށި ޕައުޑަރ އެއްކުރުމަށްފަހު 3ދުވަސްވަންދެން ދުވާލަކު 1ފަހަރު ބޭނުންކުރާށެވެ.

ބޮލުން އިސްތަށިފޭބުން

އޮލިވް އޮއިލް ހޫނުކުރުމަށްފަހު އެއަށް 1ސަމުސާ މާމުއި އަދި 1ސަމުސާ ފޮނިތޮށި ޕައުޑަރ އެއްކުރުމަށްފަހު ބޮލުގައިލުމަށްފަހު 15މިނެޓްފަހުން ދޮވެލާށެވެ.

ނޭވާލާ ނިޒާމް

ނޭވާލާ ނިޒާމަށް ދިމާވާ،އަރިދަފުހާއި،އަނގަޔާއި ކަރުތެރޭގެ މައްސަލަތައް ހައްލުކުރުމުގައި މާމުއިއެހީތެރިވެދެއެވެ. އަދި އިންފުލުއެންޒާ ޖައްސާ ޖަރާސީމް މަރާލުމުގެ ޤާބިލްކަން ލިބިފައިވާ މާއްދާއެއް މާމުއީގައިވާކަމަށް ބައެއް ސައިންސްވެރިން ހޯދާފައިވެއެވެ.

ކެއްސާނަމަ

2ސައިސަމުސާ ފިޔާ ދިޔަ އާއި ލުބޯ ހުތް ތަވައެއްގައި މަޑުގިނީގައި ހޫނުކޮށްލުމަށްފަހު 2ސައިސަމުސާ މާމުއި އެއްކޮށްލާށެވެ.އަދި 6ގަޑިއިރުވަންދެން ހިހޫވާން ބެހެއްޓުމަށްފަހު ދެ އިރު އިރަކު ސައިސަމުސަލެއް ބޭނުންކުރާށެވެ.

ހަންގަޑާއި ފައިތިލަ ހިކި ކުރަކިވާނަމަ

1 ސައިސަމުސާ މާމުޔާއި ޒައިތޫނިތެލަށް ބައި ސަމުސާ ލުބޯ ހުތް އެއްކޮށްލުމަށްފަހު އުގުޅާފައި ބަހައްޓާށެވެ. އަދި 15 މިނެޓް ވުމުން ދޮވެލާށެވެ.

މީގެއިތުރުން މާމުޔަކީ އާތުރައިޓިސް، ބްލަޑަރގެ ޖަރާސީމް، މިއީ އަނގައިން ނުބައިވަސް ދުވުން، ކެންސަރ، ވަރުބަލިވުން، ވައިގެ އުނދަގޫތަކާއި ބަނޑާއި ގޮހޮރުގެ ބަލިތަކަށް، ދަތުގައި ރިއްސުން، އަދި ހަމުގެ މައްސަލަތައް ފަދަ އެތަކެއް ބައްޔެއްގެ ފަރުވާއެވެ.