ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 585 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 397 މީހުންނެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 160 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 11 ކަމަށް އެޗުޕީއޭއިން ހާމަކޮށްފައިވެއެވެ. ސިނާއީ އެކި ބޭނުމަށް ބޭނުން ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 15 މީހެކެވެ. ތަރައްގީ ކުރަމުންދާ ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވީ 2 މީހުންނެވެ.

މިހާ ހިސާބަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 31،330 އަށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 6،033 މީހުންނެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 173 އެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 74 މީހުން މަރުވެފައެވެ. މިބަލިން މިހާތަނަށް ވަނީ 25،214 މީހުން ފަސޭހަވެފައެވެ.

ޓެސްޓް ކުރުމަށް ފާއިތުވި 24 ގަޑިއިރުތެރޭގައިވަނީ 4،255 ސާމްޕަލް ނަގައިފައެވެ.

މާދަމާއިން ފެށިގެން މާލޭ ސަރަހައްދު ފިޔަވާ މުޅިރާއްޖެ މޮނިޓަރިން ހާލަތަށް ގެނައުމަށްވަނީ ނިންމާފައެވެ.