ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުން ވަކިކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރެއްވިކަން އެންގެވީ މިރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ފޯނުން ގުޅުއްވައެވެ.

ފިޝަރީޒް މިނިސްޓަރުކަމުން ވަކި ކުރެއްވުމަށްފަހު ރައީސް އޮފީހުގެ މަގާމަކަށް ބަދަލުކުރެއްވިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއީ ކޮން މަގާމެއްކަން އެނގިފައެއް ނުވެއެވެ.
ޒަހާ މަގާމުން ވަކިކުރެއްވުމުން މިހާރު ކެބިނެޓްގައި ތިއްބެވީ އެމްއާރްއެމްގެ ދެ ބޭފުޅެކެވެ. އެއީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން އެވެ.