މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

މި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށެވެ.

ވެހިކަލް ކާފިއުގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރުގެ ހުރިހާ އޮފީހެއް ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުމަށާއި، މިސްކިތްތަކުގައި މާސްކު އެޅުމާއެކު ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.

އަދި ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުމުގެ އިތުރުން އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވާން ވެސް މިހާރު ވަނީ އަންގާފައެވެ.