ބަލޯޗިސްތާންގައި ފިކުރަކާއި ނުލައި ފުލުހުން ބަޑި ޖަހައި ޒުވާނަކު މަރާލައިފިއެވެ. އުމުރުން 22 އަހަރުގެ ފައިޒަން ޖަޓާކްއާއި އޭނާގެ ކޮއްކޮއަކާއެކު ރޭގަނޑު 10ގެ ފަހުން ކާރު ގައި ދަނިކޮށް ފުލުހުން އެމީހުންގެ ކާރު ހުއްޓުމަށް އެންގިއެވެ. އެކަމުވެސް ކުރީގައި އޮވެގެން ދުއްވަމުން ދިއުމުން ބަލޯޗިސްތާން ފުލުހުން ވަނީ ކާރަށް ބަޑި ޖަހާފައެވެ.

ކާރުގައި ދެމީހުންގެ ތެރޭން ފައިޒަންގެ ކަރަށާއި ބުރަކައްޓަށް ވަޒަން އަރައިގެން ވަގުތުން އޭނާ މަރުވީއެވެ. ދެން އިން މީހާއަށް ބޮޑެތި ޒަޚަމްތަކެއް ލައިގަތީއެވެ.

މި ހަމަލާގައި ބައިވެރިވި ހަތަރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ބަލޫޗިސްތާނަކީ، ޕާކިސްތާން ފުލުހުން ރަހުމު ކުޑަ ގޮތަކަށް ދެ ވަނަ ވިސްނުމެއް ނެތި އާންމުންގެ ގަޔަށް ބަޑި ޖަހައި މަރާލުމުގައި އާންމު ޕްރޮވިންސެކެވެ.

މީހުން ވަނީ މި މައްސަލާގައި ހަޅުތާލު ކުރަން ފަށާފައެވެ. އަދި މީސް މީޑިއާގައި ޕާކިސްތާންގެ ކައްޕި ޚާންއަށް ދަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.