ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ ފަތިހު 4:45 ހާއިރު އައިޖީއެމް ހޮސްޕިޓަލްގެ އީއާރު އަށް ގެނެވުނު 51 އަހަރުގެ އަންހެނެއް މަރުވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އޭނާ މަރުވިކަން ކަށަވަރުކުރެވިފައިވަނީ ފަތިހު 5:46 ހާއިރު ކަމަށެވެ.
މިއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 84 ވަނަ މީހާ އެވެ.
ރާއްޖެއިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.