އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ޒިޔާރަތް ކުރުމަށްދެމުން އައި ފުރުސަތު އޭޑީކޭ ހޮސްޕިޓަލުން ހުއްޓާލައިފިއެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ އެ ފިޔަވަޅު އެޅީ ދުނިޔެއާއު ރާއްޖޭގައި ކޮވިޑް-19 ފެތުރި އެ ބައްޔަށް ޕޮޒިޓިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާތީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
އޭޑީކޭއިން ބުނެފައިވަނީ އެޑުމިޓް ކޮށްގެން ފަރުވާ ދެމުންގެންދާ މީހެއްގެ ގާތުގައި އެހީތެރިއެއްގެ ގޮތުގައި މަޑުކުރެވޭނީ އެކަކަކަށް ކަމަށެވެ. އެމީހަކީ ކޮވިޑް-19 ގެ އަލާމާތެއް ނެތް މީހަކަށްވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ބަލި މީހުންނާއި ސިއްހީ ޚިދުމަތްތެރިންގެ ރައްކަލަކަށްޓަކައި މިކަމަށް އެންމެން އެއްބާރުލެއްވުން ދެއްވުމަށް ވެސް އޭޑީކޭއިން އެދިފައިވެއެވެ.
ބަލި މީހުންގެ ގާތުގައި ތިބުމަށް އެހޮސްޕިޓަލުން ހުއްދަ ދީފައިވާ މީހުން ފިޔަވައި އެހެން ބަޔަކު ހޮސްޕިޓަލަށް ނައުމަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ އެދިފައެވެ.