ކޮވިޑް ޖެހިގެން މިއަދުވެސް އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައި ވަނީ އައިޖީއެމްއެޗް އެމެޖެންސީ ރޫމަށް ރޭ ފަތިހު 04:00 ހާއިރު ގެންދިޔަ 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މިއީ ކޮވިޑުގައި ރާއްޖެއިން މަރުވި 85 ވަނަ މީހާއެވެ.

ފާއިތުވި ކޮންމެ ދުވަހަކު ކޮވިޑުގައި މީހުން މަރުވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ހުކުރު ދެ ދުވަހު ޖުމްލަ 8 މީހަކު ކޮވިޑުގައި މަރުވެފައިވެއެވެ.

އެޗްޕީއޭއިން ރޭ ބުނީ މާލެ ސަރަހައްދުގެ 80 ޕަސެންޓު އެނދު ފުރިފައިވާކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިގެން 234 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.