އިންޑިއާގައި ފެތުރެމުންދާ ކޮވިޑް19 އާ ދެކޮޅަށް ކުރ ހަނގުރާމައިގައި އެހީތެރިވެ ދިނުމުގެ ގޮތުން މިސްރުން ވަނީ މިއަދު ތިން އަސްކަރީ މަތިންދާބޯޓްގައި އެހީގެ ސާމާނުތައް ފޮނުވާފައެވެ.

މިސްރުން ފޮނުވާފައިވާ އެހީ ފޮނުވާފައި ވަނީ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަންގެ ފަރާތުންނެވެ.

މިސްރުގެ ރައީސް އަބްދުލްފައްތާޙުއްސީސީ ވަނީ މިތަކެތި އަސްކަރީ މަތިންބޯޓެއްގައި އިންޑިއާއަށް ގެންގޮސްދިނުމަށް އަންގަވާފައެވެ.