ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 1204 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ އެއްދު ވަހަކަށް މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 961 މީހުންނެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 235 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 8 ކަމަށް އެޗުޕީއޭއިން ހާމަކޮށްފައިވެއެވެ.

މި އަދަދާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 37،019 އަށް އަރައިފައެވެ. އޭގެ ތެރެއިން 26،547 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ އަދަދަކީ 10،376 އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 244 އެވެ. މި ބަލީގައި ރާއްޖެއިން ވަނީ 87 މީހުން މަރުވެފައެވެ.

ޓެސްޓް ކުރުމަށް ފާއިތުވި 24 ގަޑިއިރުތެރޭގައިވަނީ 5،598 ސާމްޕަލް ނަގައިފައެވެ.