ގއ. ދާންދޫ ހެލްތު ސެންޓަރަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލައިފި އެވެ.

ދާންދޫ ހެލްތު ސެންޓަރުން ބުނީ މިދިޔަ ހޯމަ ދުވަހު އެ ރަށުން ދެ އަންހެނަކު ހުން އައިސްގެން ދެއްކި ދެ މީހުންގެ ސާމްޕަލް ނަގައި ރޭގެ ވަގުތެއްގައި ނަތީޖާ ލިބުނު އިރު، ދެ މީހުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ސެންޓަރުން ބުނެއެވެ.

ރާއްޖޭގައި މިހާރުވެސް 44 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.