އެޗުޕީއޭއިން މިއަދު ބުނެފައިވަނީ ރާއްޖެއިން 1216 މީހުންނަށް އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1،013 މީހުންނެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 201 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1 ކަމަށް އެޗުޕީއޭއިން ހާމަކޮށްފައިވެއެވެ. ސަފާރީން ވަނީ އެކަކު ޕޮޒިޓިވް ވެފައެވެ.

މި އަދަދާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 41،308 އަށް އަރައިފައެވެ. އޭގެ ތެރެއިން 27،428 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ އަދަދަކީ 13،784 އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 259 އެވެ. މި ބަލީގައި ރާއްޖެއިން ވަނީ 87 މީހުން މަރުވެފައެވެ.

ޓެސްޓް ކުރުމަށް ފާއިތުވި 24 ގަޑިއިރުތެރޭގައިވަނީ 4،500 ސާމްޕަލް ނަގައިފައެވެ.