ކޮވިޑް ޖެހިގެން މިއަދު ތިން ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ 86 އަހަރުގެ އަންހެނަކު މިއަދު ހެނދުނު 9:05 ހާއިރު ނިޔާވެފައިވާ ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 90 ވަނަ މީހާއެވެ.

ކޮވިޑުގައި މިއަދު ފުރަތަމަ މަރުވެފައިވަނީ ރޭ ދަންވަރު 2؛24 ހާއިރު ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން މިއަދު ހެނދުނު 6؛30 ހާއިރު ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 64 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މި ބަލީގައި މަރުވެފައެވެ.

މެއި މަހަކީ ރާއްޖެ އިން ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި މަހެވެ. ހަމައެކަނި މެއި މަހު ވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން 23 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.